logo
MPL

MPL

ޚަބަރު

ގައުމީ ފެންވަރުގައި ގައުމީ އިހްތިރާމް އަދާކުރާ ދުވަހެއް ފާހަގަ ކުރަނީ

އަޙުމަދު ރިޝާން
9 ސެޕްޓެމްބަރު 2026 - 04:09
ގައުމީ ފެންވަރުގައި ގައުމީ އިހްތިރާމް އަދާކުރާ ދުވަހެއް ފާހަގަ ކުރަނީ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ، އިޙުތިރާމު އަދާކުރުމުގެ 5 އަހަރު ދުވަހުގެ ޤައުމީ މަޝްރޫޢުގެ އިތުރު ތަފްޞީލްތައް ސަރުކާރުން ދީފި އެވެ.

މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހުންނަ ރިވެތި އަޚްލާޤާއި އިޙުތިރާމްކުރުމުގެ ރިވެތި އާދަތައް މުޖުތަމަޢުގައި އަލުން އިޔާދަކޮށް ދިރުވުމަށް އަމާޒުކޮށްގެން ފަށާ މުހިންމު ޤައުމީ މަސައްކަތެކެވެ.މި ނިންމެވުން ނިންމަވާފައިވަނީ މި މަހުގެ 6 ވީ އާދިއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ހުށަހެޅުއްވި ޚާއްޞަ ކަރުދާހަށް ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުން ވަނީ މި މަޝްރޫޢު ކުރިއަށް ގެންދާނެ ގޮތުގެ ތަފްޞީލްތައް ފާސްކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން، މި މަޝްރޫޢު ފެށުމުގެ ގޮތުންނާއި މިކަމަށް އަހުލުވެރިކުރުމަށްޓަކައި އަހަރަކު 1 ފަހަރު ޤައުމީ ފެންވަރުގައި "ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް" ގެ ނަމުގައި ޚާއްޞަ ދުވަހެއް ފާހަގަކުރުމަށް ވަނީ ނިންމާފައެވެ. އަދި މި ދުވަހަކީ މި މަޝްރޫޢު ރަސްމީކޮށް އިފްތިތާޙުކުރާ ދުވަސްކަމުގައިވެސް ވަނީ ހަމަޖައްސާފައެވެ.

މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގާ މި 5 އަހަރު ދުވަހުގެ މަޝްރޫޢަށް ޚާއްޞަކޮށް ކަނޑައަޅާފައިވާ ޝިޢާރަކީ "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" އެވެ. މި ޝިޢާރުގެ ދަށުން މުޖުތަމަޢުގެ އެކި ފަންތިތަކުގެ މެދުގައި އިޙުތިރާމްކުރުމުގެ ރޫޙު އާލާކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރޭވިފައެވެ.

މި މަޝްރޫޢު ވިލަރެސްކޮށް ހިންގުމަށްޓަކައި، މި ފަންނުގެ ތަޖުރިބާ ލިބިފައިވާ 9 މެންބަރުންގެ މައްޗަށް އެކުލެވޭ ޚާއްޞަ ކޮމިޓީއެއް އުފެއްދުމަށް ވަނީ ނިންމާފައެވެ. މި ކޮމިޓީގައި ކަމާބެހޭ ވުޒާރާތަކާއި ޕަބްލިކް ސަރވިސް މީޑިއާ ހިމަނައިގެން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މީރާގެ ޑެޕިއުޓީ ކޮމިޝަނަރަކު އައްޔަން ކުރުމަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުއްވައިފިޚަބަރު | ދުވަހެއް ކުރިންމެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ނިޔާވި ދިވެހި ދަރިވަރުގެ ޢާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެޚަބަރު | ދުވަހެއް ކުރިންޒުވާން ޖީލަށް މަގު ދެއްކުމުގައި މުދައްރިސުން އަދާކުރަނީ މުހިންމު ދައުރެއް: ރައީސްޚަބަރު | ދުވަހެއް ކުރިންއެޗްއާރްސީއެމްގެ މެންބަރުކަމަށް ޝަމްޢޫން ޙަމީދު ޢައްޔަންކުރައްވައިފިޚަބަރު | 2 ދުވަސް ކުރިން