logo
MPL

MPL

ޚަބަރު

ފޯޅަވަހީގެ ސިޔާދަތީ މައްސަލައިގައި އިނގިރޭސިވިލާތާއެކު ރަސްމީ ވާހަކަތައް ފެށުމަށް ރައީސް ދަޢުވަތު ދެއްވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
8 ސެޕްޓެމްބަރު 2026 - 06:01
ރައީސް ޑރ. މުހައްމަދު މުޢިއްޒު، ޤައުމު ފަޚުރުކޮށްދެއްވާ ލީޑަރެއް
ރައީސް ޑރ. މުހައްމަދު މުޢިއްޒު، ޤައުމު ފަޚުރުކޮށްދެއްވާ ލީޑަރެއް

ފޯޅަވަހި ނުވަތަ ޗާގޯސް ޖަޒީރާތަކުގެ ސިޔާދަތާ ގުޅޭ މައްސަލަތަކުގައި ރަސްމީކޮށް މަޝްވަރާކުރެއްވުމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދައުވަތު އަރުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ދައުވަތު އެރުވީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ދަ ރައިޓް އޮނަރަބަލް އެންޑްރޫ ބަރންހަމް އަށް މިއަދު ފޮނުއްވި ސިޓީފުޅެއްގައެވެ. މި ސިޓީފުޅުގައި، ޗާގޯސް ޖަޒީރާތައް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ނިންމާފައިވާ ނިންމުމާ މެދު ދިވެހިރާއްޖޭގެ ކަންބޮޑުވުންތައް ރައީސް ވަނީ ހިއްސާކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ދިވެހިރާއްޖެއާއި ޗާގޯސްއާ ދެމެދު އޮތް ތާރީޚީ އަދި ސަގާފީ ގުޅުންތަކުގެ އިތުރުން، އެ ސަރަހައްދުގެ ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށާއި ސައިންޓިފިކް ދިރާސާތަކަށް ރާއްޖެއިން ޒަމާނުއްސުރެ ދެމުންދާ އެއްބާރުލުން ފާހަގަކުރެއްވިއެވެ. އަދި ދިވެހި ދައުލަތާއި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމާއެކު، ޗާގޯސްގެ ކަންކަމުގައި އިނގިރޭސިވިލާތާއެކު ބިނާކުރަނިވި ގުޅުމެއް ބޭއްވުމަށް ރާއްޖެއިން އަބަދުވެސް ތައްޔާރަށް އޮތްކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

މީގެއިތުރުން، ޗާގޯސްގެ ސިޔާދަތާ ގުޅޭ މައްސަލަތަކުގައި އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު މާނަވީ މަޝްވަރާތަކެއް ކުރިއަށް ގެންދިއުމުގެ މުހިންމުކަން ރައީސް ޑރ. މުޢިއްޒު ތަކުރާރުކުރެއްވިއެވެ. އަދި ދުނިޔޭގެ މަސްރަހު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި، ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމަކީ އިންޑިއާ ކަނޑުގެ ހަމަޖެހުމާއި ސަލާމަތަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ގެންދަވަނީ ފޯޅަވައްސަކީ ރާއްޖޭގެ ތަނެއްކަމުގައި ވަކާލާތު ކުރަށްވަމުންކަން ފާހަގަކޮށްލެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

%83 ގެ ކުރިއެރުމަކާއެކު ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު ފަށައިފިޚަބަރު | 16 ގަޑިއިރު ކުރިންފުނަދޫގެ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ފަރާތްތަކަށް ރައީސްގެ ޚާއްޞަ ޝުކުރެއް, އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދި ދުޢާކުރެއްވިޚަބަރު | 21 ގަޑިއިރު ކުރިންދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ރަންވަނަތައް ހޮވައި، އިނާމު ދީފިޚަބަރު | ދުވަހެއް ކުރިންކުދި ވިޔަފާރިތަކަށް ބޮޑު ލުޔެއް: އުފެއްދުންތަކަށް ބޭނުންވާ ސާމާނުން 5 އަހަރަށް ޑިއުޓީ ކަނޑާލަނީޚަބަރު | 2 ދުވަސް ކުރިން