logo
Bank of Maldives

Bank of Maldives

ޚަބަރު

ޢަމަލާއި ބަހުންވެސް ޤައުމާމެދު އިޚްލާޞްތެރިކަން ދެއްކުމަށް ރައީސް އިލްތިމާސްކުރައްވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
7 ސެޕްޓެމްބަރު 2026 - 16:26
ޢަމަލާއި ބަހުންވެސް ޤައުމާމެދު އިޚްލާޞްތެރިކަން ދެއްކުމަށް ރައީސް އިލްތިމާސްކުރައްވައިފި

އަޅުގަނޑުމެން އެންމެންނަކީ ޤައުމާމެދު އިޚްލާޞްތެރިކަމާއެކު ދެކޭ ބަޔަކަށް ވާންޖެހޭކަމަށާއި، ޢަމަލާއި ބަހުންވެސް އެކަން ދެއްކެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ. އެމަނިކުފާނު މިފަދައިން އިލްތިމާސްކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި "އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" އަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގައި ނެތެމުންދާ އިޙްތިރާމް އާދަކުރުމުގެ ރިވެތި އާދަކާދަ އަލުން އިޔާދަކުރުމަށްޓަކައި އަދުގެ ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ތެރެއިން، މި މަޝްރޫޢު ފެށުމާ ގުޅުން ހުރި ކަންކަން، އާދީއްތަދުވަހު އޮތް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ފާސްކުރައްވާފައިވާކަން ހާމަކުރެއްވިއެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި މި މަޝްރޫޢު ކުރިއަށްގެންދެވުމަށް ހަމަޖެހިފައިވާކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަޝްރޫޢު ފެށުމަށް ތައްޔާރީތައް ވަމުން ދިޔައިރު، ސަރުކާރުން ދިން ދަޢުވަތު ޤަބޫލުކުރުމަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން ދެކޮޅު ހެދިކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއީ ހިތާމަފުޅުކުރައްވާ ކަމެއް ކަމަށެވެ. އަދި ޤައުމަށް ފައިދާ ކުރަނިވި ކަމެއްގައި ކޮންމެ ބަޔަކުވެސް އެކައްޗެއް ކިޔަންޖެހޭނެ ކަމަށާއި، އެންމެންގެ ބައިވެރިވުމާއެކު މި މަޝްރޫޢު ކާމިޔާބުކޮށްދެއްވުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

މީގެއިތުރުން، ދިވެހިރާއްޖެއަށް އިސްލާމީ ހިދާޔަތުގެ އަލިކަން ލިބުނުތާ 900 އަހަރު ފުރޭ މުނާސަބަތާ ގުޅިގެން ސަރުކާރުން ކުރިއަށްގެންދަވާ ބައެއް މަސައްކަތްތައްވެސް ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރެއްވިއެވެ. އެގޮތުން، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މައި މަގުތަކުގައި، ނަސޭޙަތާއި ޛިކުރު ބޯޑުތައް ހަރުކުރުމުގެ ބޮޑު މަޝްރޫޢެއް ކުރިއަށްދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޢަމަލާއި ބަހުންވެސް ޤައުމާމެދު އިޚްލާޞްތެރިކަން ދެއްކުމަށް ރައީސް އިލްތިމާސްކުރައްވައިފިޚަބަރު | ގަޑިއިރެއް ކުރިންރައީސް މުޢިއްޒުގެ ޔަޤީންކަން: 2028 އަށް ދާއިރު ގިނަ ބަޔަކަށް ބޯހިޔާވަހިކަން ކަށަވަރުވާނެޚަބަރު | 6 ގަޑިއިރު ކުރިންއާސަންދަ އަށް ގެންނަ ބަދަލާއެކު އަހަރަކު 287 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ: ރައީސްޚަބަރު | 6 ގަޑިއިރު ކުރިންއާރުޑީސީއާއި ފެނަކަ އުވާލައި، އެގްރޯ މިފްކޯގެ ދަށަށް ގެންނަނީޚަބަރު | 7 ގަޑިއިރު ކުރިން