logo
Bank of Maldives

Bank of Maldives

ޚަބަރު

އާރުޑީސީއާއި ފެނަކަ އުވާލައި، އެގްރޯ މިފްކޯގެ ދަށަށް ގެންނަނީ

އައިޝަތު ނަޝާ
7 ސެޕްޓެމްބަރު 2026 - 11:04
އާރުޑީސީއާއި ފެނަކަ އުވާލައި، އެގްރޯ މިފްކޯގެ ދަށަށް ގެންނަނީ

ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން 2 ކުންފުންޏެއް އުވާލަން ނިންމާފައިވާ ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން އިއުލާންކުރެއްވީ، މިއަދު ނޫސްވެރިންނާ އެކު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމަނިކުފާނު ވިދާޅުވީ، ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ފެފެނަކައިގެ ދަށުން ދެމުންދިޔަ ޔޫޓިލިޓީގެ ޚިދުމަތްތައް ސްޓެލްކޯގެ ދަށުން ދިނުމަށް ނިންމަވާފައިވާ ކަމަށެވެ. ހަމައެއާއެކު އާރުޑީސީ އުވާލައި، އެމްޓީސީސީގެ ދަށަށް އެކުންފުނިން ކުރަމުންދިޔަ މަގު ހެދުމުގެ މަސައްކަތްތައް ބަދަލުކުރުމަށް ނިންމަވާފައިވާކަމަށްށެވެ.

ހަމަ އެއާެކު އެގްރޯ ނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ބަދަލުކުރަން ނިންމާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިގޮތަށް ބަދަލުވެގެެން ދިޔުމަށްފަހު، މާލޭގައި މިހާރު ސަރުކާރުން އަޅަން ނިންމާފައިވާ މަރކެޓް ކޮމްޕްލެކްސް ހިންގާ އޮޕަރޭޓް ކުރުން ހަވާލުކުރެވޭނީ މިފްކޯއާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، ކުރީ ސަރުކާރުތަކުން ކުންފުނިތަކަށް ބޭނުންވާ ވަރަށްވުރެ އިތުރަށް މުވައްޒަފުން ނެގުމުގެ ސަބަބުން ކުންފުނިތަކުގެ ޚަރަދު ބޮޑުވެ، ހިންގުމަށް ބޮޑެތި ދަތިތަކާއި ކުރިމަތިވެފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ކުންފުނިތަކަށް ގެންނަ މިބަދަލާއެކު ކުންފުނިތަކުގެ މުވައްޒަފުންގެ ޢަދަދު މަދުކުރެވޭނެ ކަމަށާއި އޭގެ ސަބަބުން ކުންފުނިތަކުގެ ހިންގުން މިހާރަށްވުރެ ހަރުދަނާ ކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް މުޢިއްޒުގެ ޔަޤީންކަން: 2028 އަށް ދާއިރު ގިނަ ބަޔަކަށް ބޯހިޔާވަހިކަން ކަށަވަރުވާނެޚަބަރު | 17 މިނިޓު ކުރިންއާސަންދަ އަށް ގެންނަ ބަދަލާއެކު އަހަރަކު 287 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ: ރައީސްޚަބަރު | 29 މިނިޓު ކުރިންއާރުޑީސީއާއި ފެނަކަ އުވާލައި، އެގްރޯ މިފްކޯގެ ދަށަށް ގެންނަނީޚަބަރު | ގަޑިއިރެއް ކުރިންފަތުރާ ދޮގުތަކަށް އެންމެން އެކީ 'ނޫނެކޭ' ބުނަން ރައީސް އެދިވަޑައިގެންފިޚަބަރު | ގަޑިއިރެއް ކުރިން