logo
Bank of Maldives

Bank of Maldives

ޚަބަރު

ހިމަންދޫ ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފަށައިފި

ޒިދާން މުޙައްމަދު
18 މާރިޗު 2026 - 11:06
ހިމަންދޫ ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފަށައިފި

އއ. ހިމަންދޫ ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފަށައިފިއެވެ.

ހިމަންދޫގައި މި ޚިދުމަތް ފައްޓަވައިދެއްވީ، ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމެވެ.

އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފެށުމަށް މިއަދު އެރަށުގައިވަނީ، ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމްގެ އިތުރުން ސިއްޙީ ވުޒާރާގެ އިސްވެރިންނާއި، ހިމަންދޫ ކައުންސިލްގެ އިސްވެރިންނާއި، ސިއްޙީ މަރުކަޒުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ހިމަންދޫގައި މި ޚިދުމަތް ފަށްޓަވައި ދެއްވުމަށްފަހު ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް ވަނީ، އެރަށުގެ ސިއްޙީ މަރުކަޒުގެެ އެސްއެމްޓީއާ ބައްދަލުކުރައްވާ، އެބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ. އަދި ހުރި ދަތިތަކަށް ޙައްލު ގެނައުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.

ހިމަންދޫ ސިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތްް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޞިއްޙީ ވަޒީރު ނާޒިމް އިބްރާހީމް ވަނީ، ރައީސްގެ އެންގެވުމާ އެއްގޮތަށް މިއަހަރު ތެރޭގައި 76 ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމްކުރުމަށް އެ ވުޒާރާއިން މުހިންމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި މި މަސައްކަތުގެ ދަށުން މިހާތަނަށް 12 ރަށެއްގައި މި ޚިދުމަތް ޤާއިމްކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިމަންދޫ ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފަށައިފިޚަބަރު | 2 ގަޑިއިރު ކުރިން