logo
MPL

MPL

ޚަބަރު

ފިތުރު އީދު ދުވަހަކީ އަންނަ ހުކުރު ދުވަސް

މުޙައްމަދު އަފްރާޙް
18 މާރިޗު 2026 - 15:42
ފިތުރު އީދު ދުވަހަކީ އަންނަ ހުކުރު ދުވަސް

ފިތުރު އީދު ދުވަހަކީ އަންނަ ހުކުރު ދުވަސް ކަމުގައި އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމާއި ގުޅޭގޮތުން އިއްވި އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދުގެ ބަޔާނުގައި ވަނީ މިއަދުގެ އިރުއޮއްސޭ ވަގުތު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ޝައްވާލު މަހުގެ ހަނދު ފެންމަތީގައި ހުންނާނެ ކަމަށް ނުބެލެވޭކަމަށެވެ. މިނިސްޓްރީން ބުނީ އިސްލާމީ އެހެން ގައުމުތަކަށް ވެސް ޝައްވާލް މަހުގެ ހަނދު މިއަދު ފެނިފައި ނުވުމުގެ އިތުރުން އަދި އިތުބާރު ހުރި ފަލަކީ ހިސާބުތަކުން ވެސް، މިއަދު އިރު އޮއްސޭއިރު ހަނދު ފެންމަތީ ހުންނާނެ ކަމަށް ނުދައްކާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހެންކަމުުން 1447 ވަނަ އަހަރުގެ ފިތުރު އީދު ދުވަހަކީ މަރޗް 20ވާ ހުކުރު ދުވަސް ކަމަށާއި މަރޗް 19 ވަނަ ދުވަހަކީ ރަމަޟާން މަހުގެ 30 ވަނަ ދުވަސްކަމަށް ކަނޑައަޅާކަމަށް ވަނީ ބުނެފައެވެ.

އީދު ދުވަހަކީ ހުކުރު ދުވަހަށް ވާއިރު އެދުވަހު އީދު ނަމާދު ބޮޑު ޖަމާއަތުގައި މާލޭގެ 4 ތަނެއްގައިކުރާނެކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިއްވި ބަޔާނުގައި ބުނީ ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް ވެސް އަދި އިސްލާމީ އެއްވެސް ގައުމަކަށް ވެސް ޝައްވާލު މަހުގެ ހަނދު ސާބިތުވެފައި ނުވާ ކަމަށެވެ. އެހެންކަމުން މާރޗު 19 ވަނަ ދުވަހަކީ މިއަހަރުގެ ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމަށާއި މާރޗު 20 ވަނަ ދުވަހަކީ މިއަހަރުގެ ފިތުރު އީދު ދުވަސް ކަމަށް ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އުލިގަމުގައި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ހުޅުވައިފިޚަބަރު | މަހެއް ކުރިން"21 ވަނަ ޤަރުނުގައި އިސްލާމީ ދަޢުވަތު" އަށް ޚާއްޞަ އިސްކަމެއް: ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން ފަށައިފިޚަބަރު | މަހެއް ކުރިން'މަޢުރިފާ' ފޮތް މައުރަޒު އޮކްޓޫބަރު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިޚަބަރު | 2 މަސް ކުރިންދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން ފަށައިފިޚަބަރު | 3 މަސް ކުރިން