logo
Bank of Maldives

Bank of Maldives

ޚަބަރު

މަރްހޫމް ޝަކޫރު ވަނީ މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތްކުރުމަށް އިސްދައުރެއް އަދާކޮށްފަ: ރައީސް

މުޙައްމަދު އަފްރާޙް
24 މާރިޗު 2026 - 07:15
މަރްހޫމް ޝަކޫރު ވަނީ މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތްކުރުމަށް އިސްދައުރެއް އަދާކޮށްފަ: ރައީސް

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާއި ދިވެހި ފުލުހުންގެ ޚިދުމަތުގައި 43 އަހަރަށް ވުރެ ދިގު މުއްދަތެއްގައި މަސައްކަތް ކުރައްވާފައިވާ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރގެ މަގާމު އަދާކުރައްވާފައިވާ ޢަބްދުއްޝަކޫރު ޢަބްދުﷲ އަވަހާރަވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ޝަކޫރު އަވަހާރަވީ ޢަބްދުއްޝަކޫރު އަވަހާރަވީ މިއަދު ހެނދުނު 10:15 ހާއިރު އިންޑިޔާގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޝަކޫރު އަވަހާރަވުމުގެ ހިތާމައިގާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މަރުހޫމް އާއިލާއަށް ތައުޒިޔާ ވިދާޅުވެ، މެސެއްޖެއް ފޮނުއްވާފައެވެ. އެ މެސެޖުގައި ވިދާޅުވެފައިވަނީ އެ ދެ މުއައްސަސާގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުއްޝަކޫރު ޢަބްދުﷲ އަވަހާރަވި ޚަބަރު އަޑުއެހީ ފުން ހިތާމައާއެކުގައި ކަމަށެވެ.

އަދި އެއީ، ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާއިން ރާއްޖެ ދިފާޢުކުރެއްވުމަށް ހިތްވަރާއެކު ޖިހާދުކުރެއްވި ދިވެހި ސިފައިންގެ ލަޝްކަރުގައި ހިމެނިވަޑައިގަތް، އަދި ރާއްޖޭގެ ޖަލުތަކުގެ ޙާލަތާއި އިންތިޒާމުތައް ރަނގަޅު ކުރެއްވުމާއި މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތްކުރެއްވުމުގެ މަސައްކަތުގައިވެސް އިސް ދައުރެއް އަދާކުރެއްވި ތަޖުރިބާކާރު ހަރުދަނާ ދިވެހި ދަރިއެއްކަން ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން މުޅި ޙަޔާތްޕުޅުގައިވެސް ޤައުމު އިސްކުރެއްވި އިޚުލާޞްތެރިއެއް ކަމަށާއި ހިތާމައިގެ މި ވަގުތު، އެ ޢާއިލާއަށާއި ދިވެހި ސިފައިންނަށާއި ފުލުހުންނަށް ތަޢުޒިޔާ ދަންނަވާކަމަށް ވެސް ރައީސްގެ މެސެޖުގައި ވެއެވެ. އަދި މާތްﷲގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ޢަބްދުއްޝަކޫރު ޢަބްދުﷲ ލެހެއްޓެވުން އެދި ވަނީ ހެޔޮ ދުޢާކުރައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަރްހޫމް ޝަކޫރު ވަނީ މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތްކުރުމަށް އިސްދައުރެއް އަދާކޮށްފަ: ރައީސްޚަބަރު | 2 ގަޑިއިރު ކުރިންޓީބީ މަދު ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުމަކީ ލިބޭ ފަޚުރެއް: ރައީސްޚަބަރު | 4 ގަޑިއިރު ކުރިންބާރެއް އޮތުމުން އެ ބާރެއް ބޭނުންކުރަން ވާނީ ޒިންމާދާރު ކަމާއެކުގައި: ރައީސް ޚަބަރު | 19 ގަޑިއިރު ކުރިންޕާކިސްތާނު ޑޭ ގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފިޚަބަރު | 19 ގަޑިއިރު ކުރިން