ފީއަލީގެ ފުޓްސަލް ދަނޑުގެ ފާރެއް ވައްޓާލައިފި؛ ތުހުމަތުކުރަނީ މިހާރުގެ ކައުންސިލަރަކަށް!
ޒިދާން މުޙައްމަދު
24 މާރިޗު 2026 - 15:22

ނިލަންދެ އަތޮޅު އުތުރުބުރި ފީއަލީގެ ފުޓްސަލް ދަނޑުގެ ފާރެއް ވައްޓާލައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ - އެމްޓީސީސީން ފީއަލީގައި ހަދަމުންދާ ފުޓްސަލް ފާރުން ބައެއް ވައްޓާލިކަމުގެ ތުހުމަތުކުރަނީ އެ ރަށުގެ ކައިންސިލަރަކަށެވެ. އަދި އޭނާއަކީ އެމްޑީޕީގެ ޓިކެޓްގައި އިންތިޚާބުގައި ވާދަކުރާ މީހެކެވެ.

Ad by Hajj Corporation
.jpeg&w=3840&q=75)
އެ ފާރުން ބައެއް ވައްޓާލާފައި މިވަނީ ފާރު ރޭނިތާ 4 ނުވަތަ ފަސް ދުވަސް ފަހުންނެވެ.
މިކަމާ ގުޅޭ ގޮތުން ތުހުމަތު އަމާޒުބާ ފަރާތުން ބުނީ، އެ ފާރު ވެއްޓުނީ ކިރިޔާ ޖެހިލުމުން ކަމަށެވެ.
ނަމަވެސް ސައިޓުގެ އިންޗާޖަކަށް ހުންނެވި ފަރާތުން ވަނީ އެއީ ދޮގު ކަމަށާއި ފަސޭހައިން ވެއްޓޭ ހާލަތުގައި ހުރި ފާރެއް ނޫން ކަމުގައި ބުނެފައެވެ.


