ސުކޫކް ދައްކާ ގޮތުގެ ތަފުސީލު ދެވޭނީ ފައިސާ ދެއްކުމަށްފަހު: ވަޒީރު މޫސާޒަމީރު
25 މާރިޗު 2026 - 11:52

ސަރުކާރުން އަންނަ މަހުގެ އަށެއްގައި 500 މިލިއަން ޑޮލަރުގެ ސުކޫކު ދައްކާނީ ރީފައިނޭންސް ކޮށްގެން ކަމަށާއި، އެ ގެންނަ ބަދަލުގެ އިންޓްރެސްޓް ރޭޓާއި ތަފުސީލުތައް ހާމަކުރެވޭނީ އެ ތާރީޚަށް ފަހު ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ ދަރަނި މެނޭޖްކުރުމުގެ މަސައްކަތުގެ ތެރެއިން، އަންނަ މަހުގެ ތެރޭގައި ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކް ދެއްކުމަށް ސަރުކާރުން ގެންގުޅޭ ރީފައިނޭންސިން ސްޓްރެޓެޖީއާ ބެހޭ ގޮތުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ ތަފުސީލީ މައުލޫމާތުތަކެއް ހާމަކުރައްވާފައެވެ.

Ad by Hajj Corporation
މި މަސައްކަތަކީ ރާއްޖޭގެ މާލީ ދަތިތަކަށް ހައްލު ހޯދައިދިނުމަށާއި، ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި ރޭޓިން އެޖެންސީތަކުގެ އިތުބާރު ހޯދުމަށް ސަރުކާރުން ކުރަމުންދާ މުހިންމު މަސައްކަތެކެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ދަރަނި ދައްކައި ނިންމުމަށްފަހު، މިކަމުގެ ފުރިހަމަ ތަފުސީލުތައް އާންމުކުރެވޭނެއެވެ.
ރާއްޖޭން މި އަހަރު އެކަނިވެސް އެއް ބިލިއަން ޑޮލަރަށް ވުރެ އިތުރު އަދަދަކަށް ދަރަނި އަނބުރާ ދައްކަން ޖެހޭއިރު، އަންނަ މަހު އެއް ފަހަރާ ދައްކަން ޖެހޭ 500 މިލިއަން ޑޮލަރުގެ ދަރަންޏާ ގުޅޭ ގޮތުން ކަންބޮޑުވުންތައް ވަނީ އުފެދިފައެވެ.
މި ސަރުކާރުން މީގެ ކުރިން ވެސް ވަނީ އެ ސުކޫކް ދައްކާނީ ރީފައިނޭންސް ކޮށްގެން ކަމަށާއި، ދަރަނި ދެއްކޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ބުނެފައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ޒަމީރު ވަނީ، ވިސްނުމަކީ އެ ސުކޫކުގެ އެއްބައި ރީފައިނޭންސްކޮށް، ބާކީ ސަރުކާރުން ދެއްކުމަށް ކަމަށް ވިދާޅުވެފައެވެ. އެއާއެކު، އެހެން މަޝްރޫއުތަކަށް ފައިނޭންސްކުރުމަށް މަގުފަހިވާނެ ކަމަށާއި އައިއެފްއެފް ފަދަ މާލީ އިދާރާތަކާއި ރޭޓިން އެޖެންސީތަކުން ރާއްޖެއާ މެދު ދެކޭ ގޮތް ބަދަލުވުމުގެ ފުރުސަތު އޮންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެހެންނަމަވެސް ސުކޫކް ރީފައިނޭންސް ކުރުމުން އަންނާނެ ބަދަލުތަކާ ގުޅޭ ތަފުސީލެއް ވަޒީރު ނުދެއްވައެވެ.
މި މަހުގެ 2 ވަނ ދުވަހު ބޭއްވި ބައްދަލުވުމުގައި ޒަމީ ރު ވނީ މިމަހުގެ ދެވަނަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ސުކޫކު ދެއްކުމަށްޓަކައި ޖުމްލަ 650 މިލިއަން ޑޮލަރު ރައްކާކޮށްފައިވާ ކަމަށާއި، އެ ފައިސާ ދެއްކުމަށްފަހު ވެސް ސަރުކާރުގައި ބާކީ ފައިސާ ހުންނާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ވަނީ، ސުކޫކުގެ އެއްބައި ދެއްކުމަށްފަހު ރީފައިނޭންސްކުރާނީ އިންޓްރެސްޓް ރޭޓު ނުވަ ޕަސެންޓަށް ވުރެ އިތުރުނުވާނެ ފަދަ ގޮތަކަށް ކަމަށް ވިދާޅުވެފައެވެ.
މިމަހުގެ ދެވަނަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ސުކޫކު ދެއްކުމަށްޓަކައި ޖުމްލަ 650 މިލިއަން ޑޮލަރު ރައްކާކޮށްފައިވާ ކަމަށާއި، އެ ފައިސާ ދެއްކުމަށްފަހު ވެސް ސަރުކާރުގައި ބާކީ ފައިސާ ހުންނާނެ ކަމަށް ވިދާޅުވެފައެވެ.
އޭގެ ކުރިން، ރައްޔިތުންގެ މަޖިލީހުގައި ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ވަނީ، ސުކޫކުގެ އެއްބައި ދެއްކުމަށްފަހު ރީފައިނޭންސްކުރާނީ އިންޓްރެސްޓް ރޭޓު ނުވަ ޕަސެންޓަށް ވުރެ އިތުރުނުވާނެ ފަދަ ގޮތަކަށް ކަމަށް ވިދާޅުވެފައެވެ.
ރާއްޖޭގެ ދަރަނި ބޮޑުވެ، އިންވެސްޓަރުންގެ އިތުބާރު ކުޑަވާނެ ކަމަށް ލަފާކޮށް، ދުނިޔޭގެ އެންމެ ބޮޑު ރޭޓިން އޭޖެންސީތަކުން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން 'ޖަންކް' ރޭޓިންގައި ދަމަހައްޓައިފައެވެ.


