logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ދުނިޔެ

އެމެރިކާގެ ކުރީގެ ފަސްޓް ލޭޑީ ޖިލް ބައިޑަންގެ ސެކިއުރިޓީއަކަށް ''އޮޅުމަކުން'' ބަޑިޖެހިއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
28 މާރިޗު 2026 - 08:47
އެމެރިކާގެ ކުރީގެ ފަސްޓް ލޭޑީ ޖިލް ބައިޑަން
އެމެރިކާގެ ކުރީގެ ފަސްޓް ލޭޑީ ޖިލް ބައިޑަން

އެމެރިކާގެ ކުރީގެ ފަސްޓް ލޭޑީ ޖިލް ބައިޑަންގެ ސަލާމަތީ ކަންކަމުގައި ހަރަކާތްތެރިވާ ޔުނައިޓެޑް ސްޓޭޓްސް ސީކްރެޓް ސާވިސްގެ އެޖެންޓެއްގެ އަތުން، ފިލަޑެލްފިއާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުކުރު ދުވަހުގެ ހެނދުނު އޮޅުމަކުން ބަޑިޖެހިއްޖެ ކަމަށް އެ އެޖެންސީން ބުނެފިއެވެ.

"ޑިއުޓީގައި ހުރި ޔޫއެސް ސީކްރެޓް ސާވިސްގެ ސްޕެޝަލް އެޖެންޓަކު އޭނާގެ ހަތިޔާރު ގެންގުޅުމުގެ ތެރޭގައި ފަރުވާކުޑަވުމުގެ ސަބަބުން އޮޅުމަކުން ބަޑިޖެހި، ފުރާނައަށް ނުރައްކާނުވާ ފަދަ އަނިޔާއެއް ވަނީ ލިބިފައި،" ތަރުޖަމާނު ނޭޓް ހެރިންގް ބަޔާނެއްގައި ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހާދިސާ ހިނގާފައިވަނީ ހެނދުނު 8:30 ހާއިރު ސަލާމަތީ ޒިންމާއެއް އަދާކުރަމުން ދަނިކޮށް ކަމަށާއި، އެ ވަގުތު ހިމާޔަތް ދެވޭ ފަރާތް (ޖިލް ބައިޑަން) އެ ތަނުގައި ނެތް ކަމަށާއި، އަދި ދަތުރުފަތުރުގެ ކަންކަމަށް އެއްވެސް ބުރޫއެއް އަރާފައިނުވާ ކަމަށް އެ އެޖެންސީން ބުންޏެވެ.

މި ހާދިސާގައި އެހެން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު، އެ އެޖެންޓަށް ކައިރީގައި ހުރި ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ބަޔާނުގައިވެއެވެ.

ސީކްރެޓް ސާވިސްގެ އޮފީސް އޮފް ޕްރޮފެޝަނަލް ރެސްޕޮންސިބިލިޓީން މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުތައް މުރާޖައާ ކުރާނެ ކަމަށް ވެސް އެ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.

މި ހާދިސާގެ މައުލޫމާތު އެނގޭ އޮފިޝަލަކު ކިޔައިދިން ގޮތުގައި، ބަޑިޖެހުނު ވަގުތު ކުރީގެ ފަސްޓް ލޭޑީ އެއާޕޯޓުގައި ހުންނެވި ނަމަވެސް، ހާދިސާ ހިނގި ސަރަހައްދާ ގާތުގައި އެކަމަނާ ނެތެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމެރިކާގެ ކުރީގެ ފަސްޓް ލޭޑީ ޖިލް ބައިޑަންގެ ސެކިއުރިޓީއަކަށް ''އޮޅުމަކުން'' ބަޑިޖެހިއްޖެދުނިޔެ | 2 ގަޑިއިރު ކުރިންއީރާނު ހަނގުރާމައާ ގުޅިގެން ސްވިޒަލެންޑާއި އެމެރިކާގެ އަސްކަރީ ގުޅުން އިންތިހާ އަށް ގޯސްވެއްޖެދުނިޔެ | 3 ގަޑިއިރު ކުރިންހާސްކަން ފޮރުވަން ތަގްރީރަށްފަހު ޓްރަމްޕް ނައްޓަވައިފިދުނިޔެ | 16 ގަޑިއިރު ކުރިން ޓްރަމްޕާއި ނަތަންޔާހޫ ޔޫރަޕްގެ އިގްތިސާދު ހަލާކުކޮށްލަނީދުނިޔެ | 2 ދުވަސް ކުރިން