ހައި އެޗީވާސް ސްކޮލާޝިޕް ލިބޭ އުސޫލަށް ބަދަލު ގެނެސްފި
30 މާރިޗު 2026 - 12:22

ހައި އެޗީވާސް ސްކޮލާޝިޕް ލިބޭ އުސޫލަށް ގެނައި ބަދަލާ އެކު ދިވެއްސާއި އިސްލާމުން އޭ ސްޓާ ހޯދަން ޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.
ކުރިން އޮންނަ ގޮތުން ނަމަ ހައި އެޗީވާސް ސްކޮލާޝިޕް ލިބެނީ އޭ ލެވެލް ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނެއްގައި ދިވެއްސާއި އިސްލާމް ހިމެނޭހެން ޖުމްލަ ފަސް މާއްދާ އިން އޭ ލިބޭ ދަރިވަރުންނަށެވެ.

Ad by Hajj Corporation
ނަމަވެސް ރޭ އާންމު ކުރި އުސޫލުގައިވާ ގޮތުން އެ ސްކޮލާޝިޕް ދެން ލިބޭނީ އޭ ލެވެލް ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން ތިން މާއްދާއިންނާއި ދިވެހި އަދި އިސްލާމް މާއްދާއިން އޭ ސްޓާ ހޯދައިގެންނެވެ.
އަރަބިއްޔާ ސްކޫލުގެ ދަރިވަރުންނަށް އުސޫލުގައި ކުރިން އޮންނަނީ ޝަހާދާ ސާނަވިއްޔާގައި އެ ދަރިވަރަކު ކިޔަވާ ހުރިހާ މައްދާއެއްގެ ފައިނަލް އެވްރެޖުން އޭ އެއް ހޯދައި ދިވެހިން ވެސް އޭ ފާހެއް ހޯދަން ޖެހޭ ގޮތަށެވެ.
އެހެންނަމަވެސް އާ އުސޫލްގައިވާ ގޮތުން، އަރަބިއްޔާގެ ދަރިވަރުން ކިޔަވާ ސްޓްރީމުގައި މިނިސްޓްރީން ކަނޑައަޅާފައިވާ ހުރިހާ މާއްދާއަކުން އޭ ސްޓާ ލިބިފައި ވުމާ އެކު ދިވެހި މާއްދާއިން ވެސް އޭ ސްޓާއެއް ހޯދަން ޖެހެ އެވެ.
ރައީސްގެ ސްކޮލާޝިޕަށް ބަދަލެއް ނުގެނެ އެވެ. އެ ސްކޮލާޝިޕް ލިބެނީ މަތީ ސާނަވީ އިމްތިހާނުން އިސްލާމާއި ދިވެހި މާއްދާ ހިމެނޭ ގޮތަށް ފަސް މާއްދާއިން އޭ ސްޓާ ހޯދައި، އޯ ލެވެލް ނުވަތަ އެއަށް ވުރެ މަތިން އިނގިރޭސިން ސީއަށް ވުރެ މަތީ ފާހެއް ހޯދާ ދަރިވަރުންނަށެވެ.

.jpg&w=3840&q=75)
