logo
MPL

MPL

ޚަބަރު

ސައުދިއާ އިން ދިވެހިރާއްޖެއަށް ދަތުރުތައް ފެށިތާ 10 އަހަރު

އިސްމާޢިލް ރާތިޢު
31 މާރިޗު 2026 - 04:28
ސައުދިއާ އިން ދިވެހިރާއްޖެއަށް ދަތުރުތައް ފެށިތާ 10 އަހަރު

ސައުދީ އަރަބިއާގެ ގައުމީ އެއާލައިން، ސައުދިއާ އިން ދިވެހިރާއްޖެއަށް ދަތުރުތައް ފެށިތާ 10 އަހަރު ފުރުން ފާހަގަކޮށްފިއެވެ.

ސައުދިއާ އިން ރާއްޖެއަށް ދަތުރުތައް ފެށީ 30 މާރިޗު 2016 ގައެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށިތާ 10 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އިއްޔެ ރާއްޖެ އައި ސައުދިއާގެ ފްލައިޓްގެ ފަސިންޖަރުންނަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. އަދި އެއެއާލައިނުން ފުރި ފަސިންޖަރުންނަށް ހަދިޔާ ދީފައިވެއެވެ.

ސައުދިއާ އިން ރާއްޖެއަށް ފާއިތުވި 10 އަހަރު ދަތުރު ކޮށްފައިވާއިރު މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ އިތުރުން ރާއްޖެ އާއި ސައުދީ އާއި ދެމެދު އޮންނަ ގުޅުންވަނީ އިތުރަށް ހަރުދަނާވެފައެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ސައުދީ އަރަބިއްޔާއިން ރާއްޖެއަށް 3546 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ އެ މުއްދަތުގައި ރާއްޖެއައި ފަތުރުވެރިންގެ %0.8 އެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސައުދިއާއިން ރާއްޖެއަށް ދަތުރުކުރަން ފެށިތާ 10 އަހަރު ފުރުން ފާހަގަކޮށްފިވިޔަފާރި | 7 މަސް ކުރިންސައުދިއާ އިން ދިވެހިރާއްޖެއަށް ދަތުރުތައް ފެށިތާ 10 އަހަރުޚަބަރު | 7 މަސް ކުރިން