މެޗުގެ ކުރީކޮޅުގައި ދެއްކި ރަތްކާދާއެކު ނެދަލޭންޑްސް އާއި އިކުއެޑޯ ވާދަކުރި މެޗު ހަމަހަމަ
1 އޭޕްރީލު 2026 - 02:49

ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ނެދަލެންޑްސް އާއި އިކުއެޑޯ ބައްދަލުކުރި އެކުވެރިކަމުގެ މެޗުގައި، ނެދަލެންޑްސްގެ ޑެންޒެލް ޑަމްފްރީސްއަށް ދެއްކި ރަތް ކާޑުގެ ސަބަބުން ކޯޗު ރޮނާލްޑް ކޫމަންގެ ރޭވުންތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއްޖެއެވެ. މެޗުގެ ކުރީކޮޅު ޑަމްފްރީސްއަށް ރަތް ކާޑު ދެއްކުމުން ނެދަލެންޑްސްއަށް މެޗުގެ ބޮޑުބައި ކުޅެން ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.
މެޗުގެ 12 ވަނަ މިނެޓުގައި އިކުއެޑޯގެ ގޮންޒާލޯ ޕްލާޓާއަށް ކުރި ފައުލަކާ ގުޅިގެން ޑަމްފްރީސްއަށް ރަތް ކާޑު ދެއްކިއިރު، މިއީ ނެދަލެންޑްސްގެ ތާރީޚުގައި ވެސް އެންމެ އަވަހަށް ދެއްކި ތިންވަނަ ރަތް ކާޑެވެ. މީގެ ކުރިން 1985 ވަނަ އަހަރު ވިމް ކިއެފްޓް ހަތަރު މިނެޓުގައި އަދި 2014 ވަނަ އަހަރު ބްރޫނޯ މާޓިންސް އިންޑީ ނުވަ މިނެޓުގައި ވަނީ ރަތް ކާޑު ހޯދާފައެވެ.

Ad by Hajj Corporation
އިކުއެޑޯއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ ލިބުނު ޕެނަލްޓީއަކުންނެވެ. ޕްލާޓާއަށް އޭރިއާ ތެރެއިން ގޯލްކީޕަރު މާކް ފްލެކެން ކުރި ފައުލަކާ ގުޅިގެން ލިބުނު މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ އެނަރ ވެލެންސިއާއެވެ. އޭނާ ވަނީ ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން ނަތީޖާ 1-1 އަށް ބަދަލުކޮށްފައެވެ.
އެއް ކުޅުންތެރިއަކު އިތުރަށް އޮތުމުގެ ފައިދާ ނަގައި އިކުއެޑޯއިން މެޗުގެ ފަހުބައިގައި ވަރުގަދަ ހަމަލާތަކެއް އުފެއްދިއެވެ. މޮއިސަސް ކައިސޭޑޯ އާއި ޔެބޯއާ ފޮނުވާލި ހަމަލާތައް ނެދަލެންޑްސްގެ ޑިފެންޑަރުން ހުއްޓުވިއިރު، މެޗުގެ އިތުރު ވަގުތުގައި ޖޯޑީ ކައިސޭޑޯ އާއި ޖޯޑީ އަލްސިވާރަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ވެސް ހިފޭގޮތެއް ނުވިއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު އިކުއެޑޯއިން ވަނީ މެޗުގައި 17 ހަމަލާ އުފައްދާފައެވެ. އޭގެ ބަދަލުގައި ނެދަލެންޑްސްއަށް މުޅި މެޗުގައި އުފެއްދިފައިވަނީ އެންމެ ދެ ހަމަލާއެވެ. މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ. މިއީ ވޯލްޑް ކަޕަށް ތައްޔާރުވަމުން އަންނަ ކޫމަންއަށް ލިބުނު މާޔޫސްކަމެއް ނަމަވެސް، 10 ކުޅުންތެރިންނާއެކު ޓީމުން ދެއްކި ހިތްވަރަށް އޭނާ ސަމާލުކަން ދޭނެއެވެ

.jpg&w=3840&q=75)
