logo
Bank of Maldives

Bank of Maldives

ޚަބަރު

ނައިބު ރައީސް ވޯޓުލައްވައިފި

އައިޝަތު އިނާޝާ
4 އޭޕްރީލު 2026 - 07:26
ނައިބު ރައީސް ވޯޓުލައްވައިފި

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު އަދި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އެއް ދުވަހެއްގައި ބޭއްވުމާމެދު ނަގާ އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވޯޓު ލައްވައިފިއެވެ.

އެމަނިކުފާނު ވޯޓު ލެއްވީ، ގދ. ފަރެސްމާތޮޑާގެ ރައްޔިތުން ވޯޓުލުމަށް ކަނޑައަޅާފައިވާ ފޮށްޓަށެވެ. މި ވޯޓު ފޮށި ބަހައްޓާފައިވަނީ ހެންވޭރު ދަނޑުގައި ތައްޔާރުކޮށްފައިވާ ވޯޓުލާ މަރުކަޒުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026ގެ ވޯޓުލުން 347 މަރުކަޒެއްގައި ބަހައްޓާ 588 ސްޓޭޝަންގައި ކުރިއަށްދާނެއެވެ.

އިންތިޚާބުތަކަށް މުޅި ޖުމުލަ 888,845 ވޯޓު ކަރުދާސް ޗާޕު ކޮށްފައިވެއެވެ. ކޮންމެ އިންތިޚާބަކަށް ޗާޕު ކޮށްފައިވަނީ، ވަކި ކަރުދާހެކެވެ.

މިއަދު ކުރިއަށްދާ އިންތިޚާބުގައި 294،876 މީހުންނަށް ވޯޓުލުމުގެ ލިބެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނައިބު ރައީސް ވޯޓުލައްވައިފިޚަބަރު | 6 މަސް ކުރިން