logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

އަލަށް ހުވާކުރާ ކައުންސިލްތަކާއެކު ލާމަރުކަޒީ ނިޒާމަށް އިތުރު ދިރުން ލިބިގެންދާނެ: މިނިސްޓަރު އާދަމް ޝަރީފް

އައިޝަތު އިނާޝާ
5 އޭޕްރީލު 2026 - 05:32
އަލަށް ހުވާކުރާ ކައުންސިލްތަކާއެކު ލާމަރުކަޒީ ނިޒާމަށް އިތުރު ދިރުން ލިބިގެންދާނެ: މިނިސްޓަރު އާދަމް ޝަރީފް

އަލަށް ހުވާކުރާ ކައުންސިލްތަކާއެކު ލާމަރުކަޒީ ނިޒާމަށް އިތުރު ދިރުން ލިބިގެންދާނެ ކަމަށް ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުން، އަލަށް އިންތިހާބުވި ބޭފުޅުންނަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޕޯސްޓެއްގައެވެ.
މިނިސްޓަރުގެ ޕޯސްޓުގައި އަލަށް އިންތިހާބު ކުރެވޭ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ރައްޔިތުންގެ ބައިވެރިވުމާއި ޝާމިލުވުން އިތުރުކޮށް، ރައްޔިތުންނާއި ގާތުން، އުންމީދީ އަދި ޒިންމާދާރު މަސައްކަތްތަކެއް ކުރައްވާނެކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
އަދި އެއްވެސް ތަފާތު ކުރުމެއް ނެތި ހުރިހާ ކައުންސިލްތަކާއެކު، ގުޅިގެން އެ މިނިސްޓަރީން މަސައްކަތް ކުރާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށާއި އަލަށް ހުވާކުރާ ކައުންސިލްތަކާއެކު ލާމަރުކަޒީ ނިޒާމަށް އިތުރު ދިރުން ލިބިގެންދާނެ ކަމަށް މިނިސްޓަރުގެ ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާތަކުން ދައްކާގޮތުގައި ގިނަ ގޮނޑިތައް ކާމިޔާބުކޮށްފައިވަނީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.

އިންތިހާބުގައި ލޯކަލް ކައުންސިލްތަކަށް އިންތިހާބު ކުރަންޖެހޭ ގޮނޑިތަކަށް 1،368 ކެންޑިޑޭޓުން ވާދަކުރެއްވިއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑިތަކަށް 1،593 ކެންޑިޑޭޓުން ވާދަކުރެއްވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަލަށް ހުވާކުރާ ކައުންސިލްތަކާއެކު ލާމަރުކަޒީ ނިޒާމަށް އިތުރު ދިރުން ލިބިގެންދާނެ: މިނިސްޓަރު އާދަމް ޝަރީފް ޚަބަރު | 7 ގަޑިއިރު ކުރިން