އެގްރޯނެޓްގެ އެމްޑީ ހުސައިން ދީދީ މަގާމުން ވަކިކޮށްފި
6 އޭޕްރީލު 2026 - 14:22

އެގްރޯ ނެޝެނަލް ކޯޕަރޭޝަން ލިމިޓެޑް (އިގްރޯނެޓް)ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި ބޯޑު މެންބަރުކަމުގެ މަޤާމުން ގދ. ތިނަދޫ ބްލެކްސްމިތް، ހުސެއިން ދީދީ މިއަދުން ފެށިގެން ވަކިކޮށްފިއެވެ.

Ad by Hajj Corporation
ސަރުކާރު ކުންފުނިތައް ބަލަހައްޓާ ޕްރަވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ވަނީ، ހުސެއިން ދީދީ މިއަދުން ފެށިގެން މަގާމުން ވަކިކޮށްފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް އޭނާ ވަކިކުރި ސަބަބެއް ހާމަކޮށްފައި ނުވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މިއަދު ސަރުކާރުގެ އިތުރު މަގާމުތަކުން ވެސް އިސް ބޭފުޅުންތަކެއް ވަކިކޮށްފައިވެއެވެ. އޭގެ ތެރޭގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ނަޖާޙް ހިމެނެއެވެ.
މި ބަދަލު ގެނެސްފައިވަނީ ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ކަމަށް ބެލެވެއެވެ. ނަމަވެސް، މަގާމުން ވަކިކުރި ވަކި ޚާއްސަ ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

.jpg&w=3840&q=75)
