logo
Bank of Maldives

Bank of Maldives

ޚަބަރު

ހަރަދުކުޑަކުރުމުގެ ފިޔަވަޅުތައް އަޅަނީ އެއްވެސް ރައްޔިތަކަށް ބުރައެއް އުފުލަން ނުޖެހޭނޭ ގޮތަށް: މިނިސްޓަރު ޚަލީލު

އައިޝަތު އިނާޝާ
7 އޭޕްރީލު 2026 - 13:36
ހަރަދުކުޑަކުރުމުގެ ފިޔަވަޅުތައް އަޅަނީ އެއްވެސް ރައްޔިތަކަށް ބުރައެއް އުފުލަން ނުޖެހޭނޭ ގޮތަށް: މިނިސްޓަރު ޚަލީލު

ހަރަދުކުޑަކުރުމުގެ ފިޔަވަޅުތައް އެޅުމަށް ގަސްދުކުރައްވާފައިވަނީ، ދިވެހި އެއްވެސް ރައްޔިތަކަށް ބުރައެއް އުފުލަން ނުޖެހޭނޭ ގޮތަށް ބައްލަވައިގެން ކަމަށް ފޮރިން މިނިސްޓަރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޚަލީލު ވިދާޅުވީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން މެދުއިރުމައްޗާއި ގަލްފުގައި ކުރަމުންދާ ހަނގުރާމައިގެ ހާލަތު ގާތުން ވިލަރެސްކުރައްވައި، އެ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކޮށްފާނޭ އަސަރުތަކަށް، ދިވެހި ސަރުކާރުން ތައްޔާރުވަމުންގެންދަވާކަމަށެވެ. އެގޮތުން އަސާސީ ހިދުމަތްތަކާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު އާންމުކޮށް ގެންނަ ބާޒާރުތަކުން ލިބުން ދަތިވެއްޖެ ހާލަތެއްގައި ދެން އެ ތަކެތި ގެނެވިދާނޭ ބާޒާރުތައް ހޯދައި، އެ ފަރާތްތަކާއެކު، ރާއްޖޭގެ ކަމާބަހޭ ފަރާތްތަކުން މަޝްވަރާކުރައްވަމުންގެންދަވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން ފިނޭންސް މިނިސްޓްރީން އިއުލާންކުރި ހަރަދުކުޑަކުރުމުގެ ފިޔަވަޅުތަކަށް އިޝާރާތްކުރައްވައި މިނިސްޓަރު ވަނީ ހަރަދުކުޑަކުރުމުގެ ފިޔަވަޅުތައް އެޅުމަށް ގަސްދުކުރައްވާފައިވަނީ، ދިވެހި އެއްވެސް ރައްޔިތަކަށް ބުރައެއް އުފުލަން ނުޖެހޭނޭ ގޮތަށް ބައްލަވައިގެން ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި އެއްވެސް ކޮންފްލިކްޓް ޒޯނަކަށް ދާ އުޅަނދަކަށް ރާއްޖޭގެ އެއްވެސް ސަރަހައްދެއް ބޭނުންކުރުމަށް، މިހާތަނަށް ހުއްދަ ދެއްވާފައި ނުވާނޭ ކަމަށާއި، އަދި ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ހުއްދައެއް ނުދެއްވާނޭކަމަށް މިނިސްޓަރު ކަށަވަރުކޮށްދެއްވިއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެޗްއާރްސީއެމްގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައްވައިފިޚަބަރު | 3 ގަޑިއިރު ކުރިންދައުލަތުގެ މަތީ ދަރަޖަ ، އިބްރާހީމް ރަޝީދު މޫސާ، ޑރ. ލަޠީފް، އަފީފް އަދި އުއްޗުއަށް އަރުވައިފިޚަބަރު | 5 ދުވަސް ކުރިންމަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ އިނާމަށް އާދިއްތަ ދުވަހު ހުޅުވާލަނީޚަބަރު | 22 ދުވަސް ކުރިންއާދަމް ޝަރީފް އާއި ތޯރިގު ސަފީރުކަމަށް އައްޔަން ކުރައްވައިފިޚަބަރު | މަހެއް ކުރިން