ރައީސުލްޖުމްހޫރިއްޔާއަށާއި، ސަރުކާރަށް އެއްބާރުލުން ދޭނަން: ސަޢުދު
8 އޭޕްރީލު 2026 - 11:53

ތިނަދޫ ސިޓީއަށް ބޭނުންވާ ތަރައްޤީ ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަޢްމަދު މުޢިއްޒަށާއި ސަރުކާރަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ތިނަދޫ ސިޓީގެ މޭޔަރު ސަޢުދު ޢަލީ ވިދާޅުވެއްޖެއެވެ.
ސަޢުދު މިހެން ވިދާޅުވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރާ ބައްދަލުކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.

Ad by Hajj Corporation
މިނިސްޓްރީގައި މިއަދު އޮތް ބައްދަލުކުރެއްވުމުގައި މިނިސްޓަރ އާދަމް ޝަރީފު ވަނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ސައުދު ހޯއްދެވި ކާމިޔާބީއަށް ތަހުނިޔާ ވިދާޅުވެފައެވެ.
މި ބައްދަލުވުމުގައި ސަޢުދު ވިދާޅުވީ ތިނަދޫއަށް ތަރައްޤީ ގެނައުމަކީ އެންމެ ބޮޑު އަމާޒު ކަމަށާއި، އެ ތަރައްޤީ ގެނެސްދިނުމަށް ބޭނުންވާ އެއްބާރުލުން އެ ސިޓީގެ ކައުންސިލުން ފުރިހަމައަށް ދެއްވާނެ ކަމަށެވެ. ސިޔާސީ ގޮތުން ޚިޔާލު ތަފާތުވިޔަސް ހިންގާ މަޝްރޫއުތަކަށް ހުރަސް އެޅުމުގެ ނިޔަތެއް ނުގެންގުޅުއްވާކަމަށް ސަޢުދު ވިދާޅުވިއެވެ.
''ތިނަދޫއަށް ބޭނުންވާ ތަރައްގީ ގެނެސްދިނުމަށް ސަރުކާރަށް ބޭނުންވާ ހުރިހާ އެއްބާރުލުމެއް ދޭނެކަމުގެ ޔަޤީންކަން މިނިސްޓަރ އާދަމް ޝަރީފު ޢުމަރަށް އަދި ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުއިޢްޒަށް އަރުވަން'' :ސަޢުދު
ތިނަދޫގެ މޭޔަރު ސަޢުދު ވަނީ މިހާރުވެސް ސަރުކާރުން އެ ރަށުގައި ގިނަ ކަންތައްތަކެއް ކުރައްވަމުންދާކަން ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވަނީ ކައުންސިލުތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމުގައި މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ. މީގެ އިތުރުން ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ކައުންސިލްތަކާއި ގުޅިގެން ކުރެވިދާނެ ކަންކަމާ ބެހޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

.jpg&w=3840&q=75)
