logo
Bank of Maldives

Bank of Maldives

ޚަބަރު

24 ރަށެއްގައި 50 މެގަވޮޓަށްވުރެ ގިނަ އިއާދަކުރަނިވި ހަކަތަ އުފައްދަނީ

އައިޝަތު އިނާޝާ
9 އޭޕްރީލު 2026 - 16:24
24 ރަށެއްގައި 50 މެގަވޮޓަށްވުރެ ގިނަ އިއާދަކުރަނިވި ހަކަތަ އުފައްދަނީ

ދިވެހިރާއްޖޭގެ ތިމާވެށީގެ ރައްކާތެރިކަމަށާއި ހަކަތައިގެ މިނިވަންކަމަށް އަމާޒުކޮށް، ރާއްޖޭގެ 24 ރަށެއްގައި 50 މެގަވޮޓަށްވުރެ ގިނަ އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ސަރުކާރުން ނިންމައިފިއެވެ.

މި މަޝްރޫއަކީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން ހިންގާ އެސްޕަޔަރ (ASPIRE) އަދި އެރައިޒް (ARISE) މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން ބުނިގޮތުގައި މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ރާއްޖޭގެ އިގްތިސާދީ އަދި ތިމާވެށީގެ ދެމެހެއްޓެނިވިކަން ކަށަވަރު ކުރުމެވެ. މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކަނޑައަޅާފައިވާ ހަކަތައިގެ ސިޔާސަތުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ. އެގޮތުން 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމަށް ރައީސް ކަނޑައަޅުއްވާފައިވާ އަމާޒަށް ވާސިލްވުމަށް މި މަޝްރޫއުގެ ސަބަބުން ބޮޑު ބާރަކަށް ވެގެންދާނެއެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި މި މަޝްރޫއު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރުމުން، އަހަރަކު ތެލަށް ކުރާ ހޭދައިން ބޮޑުބައެއް ސަލާމަތް ކުރެވި، ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމަށް މަގުފަހިވެގެންދާނެއެވެ.އަދި މިއީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި، ދުނިޔެއަށް އަންނަ މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް އެމިނިސްޓްރީން ބުނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

24 ރަށެއްގައި 50 މެގަވޮޓަށްވުރެ ގިނަ އިއާދަކުރަނިވި ހަކަތަ އުފައްދަނީޚަބަރު | 2 ގަޑިއިރު ކުރިން