logo
MPL

MPL

ލައިފްސްޓްއިލް

ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ލިބިފައިވާ "ޝަފް އެސެލް" ޝޯވގެ 4 ވަނަ ސީޒަން ނިންމާލައިފި

މެންދުރު ޓީމް
10 އޭޕްރީލު 2026 - 16:39
ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ލިބިފައިވާ "ޝަފް އެސެލް" ޝޯވގެ 4 ވަނަ ސީޒަން ނިންމާލައިފި

ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ލިބިފައިވާ "ޝަފް އެސެލް" ޝޯވގެ 4 ވަނަ ސީޒަން ނިންމާލައިފި އެވެ.

މެންދުރުޓީވީން ގެނެސްދިން ޕްރޮގްރާމްތަކުގެ ތެރެއިން އެންމެ ފާހަގަކުރެވެނީ ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ޓީވީ ޝޯވ ކަމަށްވާ "ޝަފް އެސެލް" އެވެ. މިއަހަރުގެ ރަމަޞާން މަހު ގެނެސްދިން ޝަފް އެސެލްގެ ހަތަރުވަނަ ސީޒަން ވެގެންދިޔައީ ބެލުންތެރިންގެ އިތުރުން ޝޯވގައި ބައިވެރިވި މެހެމާނުންގެ ފަރާތުންވެސް ތައުރީފް ލިބިގެންދިޔަ ޝޯވ އަކަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ ތިން އަހަރު ކުރިން ހޯސްޓިންގ ދާއިރާއަށް މުޅިން އަލަށް ނިކުމެ، ކުރު މުއްދަތެއްގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދި ޓީވީ ހޯސްޓް މަރިޔަމް ޝަފީގާ (ޝަފް) ހުށަހަޅައިދޭ މިޝޯވގެ ފަސް އެޕިސޯޑެއް މިސީޒަނުގައި ގެނެސްދީފައިވާއިރު، ފާއިތުވި ތިން ސީޒަނެކޭ އެއްފަދައިން މިސީޒަނުގެ އެޕިސޯޑްތަކަށްވެސް އާއްމުންގެ ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.

ޝަފް އެސެލް ސީޒަން 4 ފަށާފައިވަނީ ދިވެހީންގެ މެދުގައި ލޯތްބާއި މަގުބޫލުކަން ހޯދާފައިވާ ކުޅަދާނަ ހޯސްޓް އަދި ކޮންޓެންޓް ކްރިއޭޓަރ އަނާ ނަސީމްއާއެކުއެވެ. މި އެޕިސޯޑް ވެގެންދިޔައީ ރާއްޖޭގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އަނާގެ ކޮންޓެންޓްތައް ބަލައި، ޝައުގުވެރިވާ ފަރާތްތަކަށް ގިނަ މައުލޫމާތުތަކެއް ލިބުނު، ނުހަނު ކަމުދިޔަ އަދި އެހާމެ ހާއްސަ އެޕިސޯޑަކަށެވެ.

 

InstagramInstagramDown chevron icon

InstagramInstagramDown chevron icon

 

ޝަފް އެސެލްގެ ދެވަނަ އެޕިސޯޑުން ފެނިގެން ދިޔައީ ދިވެހި ފިލްމް އިންޑަސްޓްރީގެ މިޖީލުގެ އެންމެ އަލިގަދަ ތަރިއެވެ، ވާސަޓައިލް ކޮންމެ ރޯލެއްވެސް ކުޅެވޭ، ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންގެ މެދުގައި އެންމެ ޑިމާންޑު ބޮޑު، ކުޅަދާނަ އެކްޓަރު ޝަރަފް ޢަބްދުﷲއެވެ. މި އެޕިސޯޑްވެސް ވެގެންދިޔައީ ބެލުންތެރިންނަށް ނުހަނު ކަމުދިޔަ އެޕިސޯޑަކަށެވެ.

 

InstagramInstagramDown chevron icon

InstagramInstagramDown chevron icon

 

ތިންވަނަ އެޕިސޯޑްގައި އެކްޓްރެސް އަދި ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ ފެނިގެންދިޔައިރު، މިއީ މިފަދަ ޕްރޮގްރާމްތަކުން ވަރަށް މަދުން ނޫނީ ނުފެންނަ، ޙާއްސަ ގޮތެއްގައި މިފަހުން އެއްވެސް ވަރަކަށް ޓީވީ ޕްރޮގްރާމްތަކުން ނުފެނި ހުރުމަށްފަހު އަޝްފާގެ ފުރަތަމަ ފެނިލުމެވެ. ގިނަ ދުވަސްތަކަކަށްފަހު އަޝްފާ އޮންސްކްރީނުން ފެނިގެންދިޔުންވީ އަޝްފާގެ ވާހަކަތައް އަޑުއަހާލަން ނުހަނު ބޭނުންވެފައި ތިބި އެތައް ބަޔަކަށް ލިބުނު ބޮޑު އުފަލަކަށެވެ.

InstagramInstagramDown chevron icon

InstagramInstagramDown chevron icon

ޝަފް އެސެލްގެ ހަތަރުވަނަ ސީޒަނުގެ ހަތަރުވަނަ އެޕިސޯޑުގައި ފެނިގެންދިޔައީ ކުޅަދާނަ ނޫސްވެރިޔާ އަދި ސޯޝަލް މީޑިއާ ކޮންޓެންޓް ކްރިއޭޓަރ ފާތިމަތު މަދަދާއެވެ. މިއީ މިފަދަ ޕްރޮގްރާމަކުން، މިފަދަ ތަފާތު ގޮތަކަށް މަދަދާ ފެނިގެންދިޔަ ފުރަތަމަ ފަހަރެވެ.

InstagramInstagramDown chevron icon

InstagramInstagramDown chevron icon

ސީޒަން ހަތަރެއްގެ ވަދާއީ އެޕިސޯޑުގައި ފެނިގެންދިޔައީ ޓީވީއަށް، "ޝަފް އެސެލް" ވުޖޫދުވުމުގެ އެންމެ ބޮޑު އިންސްޕިރޭޝަނެވެ. ގިނަބައެއްގެ މަގުބޫލުކަން ހޯދާފައިވާ މި ޕްރޮގްރާމުގެ ސީޒަން 1 ގެ ޕްރިމިއަރ އެޕިސޯޑުން ފެށިގެން، ގެސްޓެއްގެ ގޮތުގައި ގެންނަން ޕްރޮގްރާމުގެ ހޯސްޓު އެންމެ ބޭނުންވި ޝަހްސިއްޔަތެވެ. ދިވެހި ފިލްމް އިންޑަސްޓްރީގެ "ކުއީން"، މަރިޔަމް އައްޒައެވެ.

InstagramInstagramDown chevron icon

InstagramInstagramDown chevron icon

 

މިއިން ކޮންމެ އެޕިސޯޑެއްގައިވެސް މިފަންނުވެރިންނާ ގުޅޭ ކުރިން ނޭނގޭ އެތައް ވާހަކައެއް ވަނީ ތިލަކޮށްފައެވެ. އަދި އާއްމުންގެ އެ މީހުންގެ ޒާތީ ދިރިއުޅުމާއި ކެރިއަރގެ މުހިންމު ވާހަކަތަކެއް ވަނީ ހިއްސާކޮށްފައެވެ.

ޕްރޮގްރާމްގެ އެޕިސޯޑްތައް ޝޫޓްކޮށްފައި ވަނީ ސޮލައިޓް ރެސްޓޯރަންޓް އަދި ކާމިނީ ލައުންޖްގެ ހިތްގައިމު މާހައުލުގައެވެ. މިޕްރޮގްރާމަށް އައުޓްފިޓްތައް ސްޕޮންސަރކޮށްފައި ވަނީ ނާ ކަލެކްޝަންގެ ފަރާތުންނެވެ. އަދި ޕޮއިޒް ޕަރފިއުމްސްއާއި ކެކްޓަސް އެމްވީގެ ފަރާތުން ހަދިޔާ ސްޕޮންސަރކޮށްފައިވެއެވެ.

ޕްރޮގްރާމްގެ ކޮންމެ ބައިވެރިއަކަށްވެސް ޝަފް އެސެލްގެ ފަރާތުން ސްޕޮންސަރުން މެދުވެރިކޮށް ހާއްސަ ހަދިޔާއެއް ދީފައިވެއެވެ.

މި ޕްރޮގްރާމަށް ލޯބިކުރާ، ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮގްރާމުގެ ހޯސްޓު އަދި ޕްރޮޑިއުސަރ ޝަފް ދޭ ޔަގީންކަމަކީ، މާ ދިގު އިންތިޒާރެއް ކުރަން ނުޖެހި، ޝަފް އެސެލްގެ ސީޒަން 5 ވެސް ބެލުންތެރިންނާ ހަމައަށް ގެނެސްދޭން މަސައްކަތްކުރާނެ ކަމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ލިބިފައިވާ "ޝަފް އެސެލް" ޝޯވގެ 4 ވަނަ ސީޒަން ނިންމާލައިފިލައިފްސްޓްއިލް | 6 މަސް ކުރިން