ޓެކްސީލައިންގެ ހިދުމަތް ދެމުންދަނީ ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް: ޑްރައިވާސް އެސޯސިއޭޝަން
12 އޭޕްރީލު 2026 - 04:28

އަމިއްލަ ޓެކްސީ ސެންޓަރުތަކަށާއި ޓެކްސީ އެޕްލިކޭޝަން ހިންގާ ފަރާތްތަކާއި ޓެކްސީ ޑްރައިވަރުންނަށް ހަރުކަށި އުސޫލުތަކަކުން ރެގިއުލޭޓްކޮށް، ގަވާއިދާ ހިލާފުވާ ހާލަތްތަކުގައި ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރަމުންދާއިރު، ސަރުކާރުން ހިންގާ ޓެކްސީގެ ހިދުމަތް ދެމުންދަނީ ކަނޑައެޅިފައިވާ އުސޫލުތަކާއި ހިލާފަށް ކަމަށް ޑްރައިވާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެފިއެވެ.
އެމްޓީސީސީ އިން މާލެ ޓެކްސީ ލައިން ގެ ހިދުމަތް ފެށުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ޑްރައިވާސް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ޓެކްސީ ޑްރައިވަރުންނަކީ ޒަމާނުއްސުރެ ރައްޔިތުންނަށް ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރަމުންދާ ބައެއް ކަމަށާއި އެއީ އެއްތައް ސަތޭކަ ދިވެހި އާއިލާއެއްގެ ދިރިއުޅުމާއި އާމްދަނީއާއި ސީދާގޮތުން ގުޅިފައިވާ ދާއިރާއެއް ކަމަށެވެ. ނަމަވެސް ސަރުކާރުގެ ކުންފުންޏަކުން މި ދާއިރާއަށް ވަނުމަކީ، އިންސާފުވެރިކަމާއި ހަމަހަމަކަން ގެއްލި، ރެގިއުލޭޓް ކުރުމުގެ ނިޒާމަށް ބުރޫއަރާނެ ކަމެއް ކަމަށް މީގެ ކުރިން ވެސް ތަކުރާރުކޮށް ދަންނަވާފައިވާ ކަމަށެވެ.

Ad by Hajj Corporation
އަދި އަމިއްލަ ޓެކްސީ ސެންޓަރުތަކަށާއި ޓެކްސީ އެޕްލިކޭޝަން ހިންގާ ފަރާތްތަކާއި ޓެކްސީ ޑްރައިވަރުންނަށް ހަރުކަށި އުސޫލުތަކަކުން ރެގިއުލޭޓްކޮށް، ގަވާއިދާ ހިލާފުވާ ހާލަތްތަކުގައި ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރަމުންދާއިރު، ސަރުކާރުން ހިންގާ ޓެކްސީގެ ހިދުމަތް ދެމުންދަނީ ކަނޑައެޅިފައިވާ އުސޫލުތަކާއި ހިލާފަށް ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
އެގޮތުން ޓެކްސީ ގަވައިދު 7 ވަނަ މާއްދާގެ (ހ) އާއި 11 ވަނަ މާއްދާގެ (ހ)، (ށ)، (ނ) އަދި (ރ) އާ ކަނޑައެޅިގެން ހިލާފަށް މި ހިދުމަތް ކުރިއަށްގެންދާކަން ވަނީ ހާމަވެފައި ކަމަށް ވަނީ ބުނެފައެވެ.
ގަވާއިދުތައް ތަންފީޒު ކުރުމުގައި ގެންގުޅޭ މިފަދަ ބޭއިންސާފު އަމަލުތަކުގެ ސަބަބުން ރެގިއުލޭޓަރީ އޮނިގަނޑަށް އޮންނަ އިތުބާރު ގެއްލިގެންދޭ : ޑްރައިވާސް އެސޯސިއޭޝަން
ބަޔާނުގައި ބުނީ ދައުލަތުގެ ވަސީލަތްތަކުގެ އެހީގައި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ މާކެޓަށް ސަރުކާރުން ވަނުމަކީ ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދަން ދެމެހެއްޓުމުގެ ޤާނޫނުގެ އެތައް މާއްދާއަކާއި ހިލާފު ކަމެއް ކަމަށާއި ވަކިން ހާއްސަކޮށް ސަރުކާރުގެ އަމިއްލަ އެޕްލިކޭޝަނެއް ތައްޔާރުވަންދެން މި ހިދުމަތް ހިލޭ ދިނުމަށް ނިންމާފައިވާ ނިންމުމަކީ އިގްތިސާދީ ގޮތުން ދަތި، މި ދަނޑިވަޅުގައި އަމިއްލަ ޓެކްސީ ޑްރައިވަރުންގެ އާމްދަނީއަށް ލިބޭ ފޫނުބެއްދޭނެ ވަރުގެ ބޮޑު ގެއްލުމެއް ކަމަށެވެ.
ޑްރައިވާސް އެސޯސިއޭޝަނުން ގަބޫލުކުރާ ގޮތުގައި ރައްޔިތުންގެ އަމިއްލަ މަސައްކަތުން ހޯދާ އާމްދަނީއަށް ހުރަސްއެޅޭ ގޮތަށް ސަރުކާރުން ސީދާ ގޮތުން ވިޔަފާރީގެ ވާދަވެރިކަމުގެ ތެރެއަށް ވަދެގެން ނުވާނެ: ޑްރައިވާސް އެސޯސިއޭޝަން
ރައިވާސް އެސޯސިއޭޝަން ވަނީ ޓްރާންސްޕޯޓް މިނިސްޓްރީ އާއި ފުލުހުން ހިމެނޭހެން ކަމާއި ބެހޭ ހުރިހާ އިދާރާތަކުން އަމިއްލަ ފަރާތްތަކާއި ސަރުކާރުގެ ޓެކްސީތަކާމެދު ވެސް ހަމަހަމަ އުސޫލަކުން ގަވާއިދުތައް ތަންފީޒު ކުރުމަށް ގޮވާލާފައެވެ.

.gif&w=1920&q=75)
