މުދާ އުފުލާ އުޅަނދުތަކަށް ހުރްމުޒް ކަނޑުއޮޅި ހުޅުވާލައިފި، އަސްކަރީ އުޅަނދުތަކަށް ބަންދު!
12 އޭޕްރީލު 2026 - 18:00
.jpg.webp&w=3840&q=75)
މުދާ އުފުލާ އުޅަނދުތަކަށް އެއްވެސް ހުރަހެއް ނެތި ރައްކާތެރިކަމާއެކު ދަތުރުކުރުމަށް ހުރްމުޒް ކަނޑުއޮޅި ހުޅުވާލައިފިއެވެ.
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހުރްމުޒް ކަނޑުއޮޅިއަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން މަދަނީ އުޅަނދުތަކަށް ގެއްލުން ނުވާ ގޮތަށް ދަތުރު ކުރުމަށް ހުޅުވާލެވިފައިވާ ސަރަހައްދެއް ކަމަށެވެ.
އަދި އެ ސަރަހައްދަށް އަސްކަރީ އުޅަނދުތައް ވަނުމަކީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށާއި އެ ފަދަ އުޅަނދުތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

Ad by Hajj Corporation
މިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު އިސްރާއީލާއި އެމެރިކާއިން ސަބަބެއް ނެތި އީރާނަށް ޙަމަލާދީ އިސްވެ ހަނގުރާމަ ފެށުމާ ގުޅިގެން އީރާނުން ވަނީ ރައްދު ހަމަލާތައް ދިނުމުގެ އިތުރުން، ދަތިރިކުރުމުގެ ފިޔަވަޅެއްގެ ގޮތުން، ދުނިޔޭގެ އެކި ސަރަޙައްދުތަކަށް ތެލާއި ގުދުރަތީ ގޭސް އުފުލުމަށް ބޭނުންކުރާ މައި މަގެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ. އެއާއެކު ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ.
މިދިޔަ ހަފްތާގެ ތެރޭގައި އެމެރިކާއާއި އީރާނާ ދެމެދު ދެ ހަފުތާގެ މުއްދަތަށް ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއް ގާއިމުކުރުމާއެކު އީރާނުން ވަނީ އެ ކަނޑިއޮޅި ބޭނުންކުރުމުގައި ލުއި ދީފައެވެ. ނަމަވެސް އިސްރާއީލުން ލުބުނާނަށް ޙަަމަލާ ދިނުމުން އެކަމާ ވިއްދައި އީރާނުން ވަނީ އަނެއްކާ ވެސް އެ ކަނޑުއޮޅި ބޭނުންކުރުން ކޮންމެވެސް ދަރަޖައަކަށް ދަތިކޮށްފައެވެ.

.gif&w=1920&q=75)
