logo
Bank of Maldives

Bank of Maldives

ޚަބަރު

ޝުޖާއު އެމްޑީޕީއަށް: ކާމިޔާބީއަކީ ބޮޑާވެ ކިބުރުވެރިވާންޖެހޭ ކަމެއް ނޫން

އައިޝަތު އިނާޝާ
13 އޭޕްރީލު 2026 - 05:11
ޝުޖާއު އެމްޑީޕީއަށް: ކާމިޔާބީއަކީ ބޮޑާވެ ކިބުރުވެރިވާންޖެހޭ ކަމެއް ނޫން

ގޮނޑިތައް ހޯދުމާއި ކާމިޔާބީއަކީ އޭގެ މައްޗަށް ބޮޑާވެ ކިބުރުވެރިވާންޖެހޭ ކަމެއް ނޫން ކަމަށް ރައްޔިތުން މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަމުން ޝުޖާއު ވިދާޅުވީ ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އިދިކޮޅު އެމްޑީޕީއަށް ކާމިޔާބު ލިބުނީ، އެ ޕާޓީން އެކަހެރިކޮށްލި ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކުގައި ކަމަށެވެ. އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ޝުޖާއު ވިދާޅުވީ މިއަދު އެ ބޭފުޅުން އުޅުއްވަނީ ޕާޓީ ހިންގޭނެ ގޮތެއް ނުފެނިގެން ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަޅުގަނޑުމެން ވަރަށް ދެރަވޭ ރައްޔިރުންގެ މަޖިލީހުގައި އަޅުގަނޑުމެންގެ ކޮލީގުންގެ ތެރޭގައި ތިއްބަވާ، އަދި މާދަމާ ވެރިކަމަށް އަންނަން މަސައްކަތް ކުރައްވާ ޑރ. ޝަމްހީދުމެން ކަހަލަ މެންބަރުން އެމްޑީޕީން ނެންގެވި 5 މެންބަރުންގެ ކޮމެޓީގައި ނުހިމެނުއްވުން. އެއީ އަޅުގަޑުމެން ހިތާމަކުރާ ކަމެއް: ޝުޖާއު

ޝުޖާއު ވިދާޅުވީ 2021 ވަނަ އަހަރު އެމްޑީޕީން ލޯކަލް ކައުންސިލް އިންތިހާބު މުޅި ރާއްޖޭގެ ގޮނޑީގެ ނިސްބަތުން ކާމިޔާބުކުރި ކަމަށާއި އެހެންނަމަވެސް 2023 ވަނަ އަހަރު އެމްޑީޕީއަށް ރިޔާސީ އިންތިބާހު ކާމިޔާބު ނުކުރެވުނު ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބުތެރެއިން ރައްޔިތުން ބުނެދިނީ ސަރުކާރުން ބައެއް ކަންކަން ބަދަލު ކުރަންޖެހޭކަން ކަމަށާއި އެހެންކަމުން އެބަދަލު ސާބިތުކަމާއެކު ގެނައުމުގެ ހިތްވަރު ޕީއެންސީގައި އެބަހުރި ކަމަށް ޝުޖާއު ވިދާޅުވިއެވެ. ރައްޔިތުން މިއަދު ގަބޫލު ކުރަންވީ އެމްޑީގެ ތެރޭގައި އަމާޒެއް ނެތްކަން ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި ވިދާޅުވީ ގޮނޑިތައް ހޯދުމާއި ކާމިޔާބީއަކީ އޭގެ މައްޗަށް ބޮޑާވެ ކިބުރުވެރިވާންޖެހޭ ކަމެއް ނޫން ކަމަށެވެ.

މީގެ އިތުރުން ޝުޖާއު ވިދާޅުވީ ތޮއްޖެހިފައިވާ އާބާދީތަކަށް ކޮންމެހެންވެސް ގެންނަން ޖެހޭ އިސްލާހުތައް ބިމާބެހޭ ގާނޫނުގައި އެބަހުރި ކަމަށެވެ. އަދި މައިމުޅަވެގެންދާ އާއިލާތަކަށް ހައްލު ހޯދުމަކީވެސް މުހިންމު ކަމެއް ކަމަށް ޝުޖާއު ފާހަގަކުރެއްވިއެވެ. އަދި މެންބަރު މުޙައްމަދު އިބްރާހީމް ހުށަހަޅުއްވާފައިވާ، ބިމާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ތާއިދު ނުކުރައްވާ ކަމަށް ވިދާޅުވެ، ޝުޖާއު ވިދާޅުވީ ސަރުކާރުގެ ފަރާތުން ފޮނުވާ ބިމާ ބެހޭގާނޫނުގައި މައިމުޅަވެގެންދާ އާއިލާތަކުގެ މައްސަލައަށް ވެސް ޖުމްލަ ހައްލު ލިބިގެންދާނެ ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޝުޖާއު އެމްޑީޕީއަށް: ކާމިޔާބީއަކީ ބޮޑާވެ ކިބުރުވެރިވާންޖެހޭ ކަމެއް ނޫންޚަބަރު | 2 ގަޑިއިރު ކުރިން