logo
Bank of Maldives

Bank of Maldives

ޚަބަރު

ނަތީޖާއަކަށް ނުބަލާނެ، ހުރިހާ ރަށެއްގައިވެސް ފަށާފައިވާ މަސައްކަތް ދާނީ ކުރިއަށް: މިނިސްޓަރ

މުޙައްމަދު އަފްރާޙް
15 އޭޕްރީލު 2026 - 04:58
ނަތީޖާއަކަށް ނުބަލާނެ، ހުރިހާ ރަށެއްގައިވެސް ފަށާފައިވާ މަސައްކަތް ދާނީ ކުރިއަށް: މިނިސްޓަރ

ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށް ކަމަށްމިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރ ވަނީ މި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އިންތިޚާބުތަކުގެ ނަތީޖާއަކަށް ނުބަލާނެ ކަމަށާއި ހުރިހާ ރަށެއްގައިވެސް ފަށާފައިވާ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްގެންދަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުން ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދެނީ ދޭ ވޯޓަކަށް ބަލައިގެން ނޫން ކަމަށް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެއިތުރުން ކައުންސިލް އިންތިޚާބުގައި ގާދިއްފުށި ކައުންސިލްގެ މެޖޯރިޓީ އިދިކޮޅަށް ލިބުމާ ގުޅިގެން އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށް އަޑު ފެތުރިނަމަވެސް އެއީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށާއި މިހާރުވެސް އެ ރަށުގައި މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ރަށްރަށުގައި ސަރުކާރުން ކުރިއަށްގެންދާން ނިންމާ މަޝްރޫއުތައް އެ ރަށެއްގައި އޮންނަ ކައުންސިލެއްގެ ސަބަބުން ކުރިއަށްގެންދިއުމުގައި ދަތިތަކާ ދިމާވާ ކަމަށެވެ. އެގޮތުން މާލޭގެ ބޭރު މަގު ހެދުމުގައި މާލެ ސިޓީ ކައުންސިލުން އެއްބާރުލުން ނުލިބޭތީ ދަތިތަކާ ދިމާވި ކަމަށާއި އައު މާރުކޭޓު އެޅުމުގެ މަސައްކަތަށްވެސް އެ ކައުންސިލްގެ ޖަވާބު ނުލިބޭތީ ހުރަސްތައް ދިމާވާ ކަމަށް ޑރ. މުއްތަލިބް ވަނީ ވިދާޅުވެފައެވެ. އަދި ސަރުކާރުން ރައްޔިތުންނަށްޓަކައި ކަންކަން ކޮށްދޭން މަސައްކަތް ކުރަމުންދާއިރު، ކައުންސިލްތަކުންވެސް އެ ފަރާތްތަކުގެ ޒިންމާއަދާކޮށް އެ ފުރުސަތު ސަރުކާރަށް ފަހިކޮށްދިނުމަށް ވެސް ވަނީ އެދިވަޑައިގެންފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަތީޖާއަކަށް ނުބަލާނެ، ހުރިހާ ރަށެއްގައިވެސް ފަށާފައިވާ މަސައްކަތް ދާނީ ކުރިއަށް: މިނިސްޓަރޚަބަރު | 2 ގަޑިއިރު ކުރިން