ގުޅިފަޅާއި ފޭސް 3 އިން މިހާތަނަށް 3423 މީހުން އައު އެގްރީމެންޓުގައި ސޮއިކޮށްފި
15 އޭޕްރީލު 2026 - 11:00

ސަރުކާރުން ދޫކޮށްފައިވާ ގޯތިތަކުގެ އައު އެގްރީމެންޓްތަކުގައި ސޮއިކުރެވޭ މިންވަރަކުން، ޕްލޮޓްތަކުގެ އިން ވަކިކޮށް ބިންތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަަމަށް މިނިސްޓްރީ އޮފް ހައުސިންގް، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ބުނެފިއެވެ.
އެ މިނިސްޓްރީން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ ގުޅިފަޅާއި ހުޅުމާލެ ފޭސް 3 އިންނެވެ.

Ad by Hajj Corporation
އެގޮތުން ހުޅުމާލެ ފޭސް 3 އިން މިހާތަނަށް 125 ޕްލޮޓެއްގެ އިން ވަކިކޮށް އޭގެ ވެރިފަރާތްތަކާ ވަނީ ހަވާލުކުރެވިފައެވެ. އަދި ގުޅިފަޅު ސަރަހައްދުން 169 ޕްލޮޓެއްގެ އިން ވަކިކޮށް، މިހާރު ވަނީ ހަވާލުކުރެވިފައެވެ.
މީގެ ިއތުރުން ހުޅުމާލެ ފޭސް 3 އިން ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން 451 ފަރާތަކުން ސޮއިކުރުމުގެ މަރުހަލާ ފުރިހަމަކޮށްފައިވާއިރު، ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން 2,972 ފަރާތަކުން މިހާތަނަށް ވަނީ އައު އެގްރީމެންޓްގައި ސޮއިކޮށްފައެވެ.
ހައުސިންގް މިނިސްޓްރީން ބުނި ގޮތުގައި، އެގްރީމެންޓްތަކުގައި ސޮއިކުރެވެމުންދާ ތަރުތީބުން، ވީހާވެސް އަވަހަކަށް ބިންތަކުގެ އިން ވަކިކޮށް ހަވާލުކުރުމަކީ ސަރުކާރުގެ ބޮޑު އަމާޒެކެވެ. މީގެ ސަބަބުން ގޯތި ލިބިފައިވާ ފަރާތްތަކަށް އެ ބިންތަކުގައި މަސައްކަތް ފެށުމުގެ މަގު ފަހިވެގެންދާނެއެވެ.


