"އަޅުގަނޑުމެންވެސް މަގުމައްޗައް ފައްކާވާނެ: އެކަމަކު ސިޔާސީ މަސައްކަތް ކުރަނީ ވަރަށް ތާހިރުކޮށް"
16 އޭޕްރީލު 2026 - 17:49

ޕީއެންސީގެ މެމްބަރުން ވެސް މަގުމައްޗައް ފައްކާވާނެކަމަށާއި، އެހެންނަމަވެސް ސިޔާސީ މަސައްކަތް ކުރާނީ މިއީ ތަހުޒީބު މުޖްތަމައުއެއްކަން ދަނެގެން ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ޕާޓީން ހއ. މުރައިދޫގެ ކެޑިޑޭޓުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝިޔާމް ވިދާޅުވީ، ވެރިކަމިގައި ހުންނެވި ބޭފުޅަަކު އިލެކްޝަން ކޮމިޝަނަށް އަތް ނުބާނާކަން ރައްޔިތުންނަށް މިއަދު ޔަޤީންވާނެކަމަށެެވެ.

Ad by Hajj Corporation
ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓެއް ހޯއްދަވަން ރައީސް ޑރ.މުހައްމަދު މުއިއްޒު އެއްވެސް ރަށަކަށް ދަތުރު ނުކުރައްވާ ކަމަށެވެ. މިނިސްޓަރ ޝިޔާމް ވިދާޅުވީ، އެހެންނަމަވެސް ވެރިކަމާ ހަވާލުވިތާ 2 އަހަރު ނުވަނީސް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރައީސް ވަޑައިގެންނެވި ކަމަށާއި އެއީ އެއްވެސް އިންތިހާބަކާ ދިމާކޮށް ނޫން ކަމަށެވެ. އަދި އެއީ ހެޔޮ ވެރިކަން ކުރައްވާ ވެރިން ކަންކުރާނެ ގޮތް ކަމަށެވެ. އަދި އެއީ މީގެކުރިން ވެރިކަން ކުރެއްވި އެއްވެސް ވެރިއަކުގެ ފަރާތުން ނުފެންނަ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ ޝިޔާމް ވަނީ ރައީސް މުއިއްޒު ގެ އަތްޕުޅަށް އެރީ ހުރިހާ ގޮތަކުންވެސް ހަލާކުވެފައިވާ ނިޒާމެއްކަމަށް ވިދާޅުވެފައެވެ.
"ރައީސް ޑރ މުއިއްޒު ކަންކަން ކުރައްވަނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވައިގެން.ކޮން ރައީސެއްތޯ މިވަރަށް ރައްޔިތުންނާ ބައްދަލުކުރެއްވީ .އެމްޑީޕީއެއް ޕީއެންސީގެ ކައުންސިލްތަކެއް ނުބައްލަވާ އަދި ކޮންބައެއްތޯ ކައުންސިލްގައި ތިއްބެވީ ނުބައްލަވާ ރާއްޖޭގެ ހުރިހާ ކައުންސިލްކާ އެމަނިކުފާނު ބައްދަލުކުރެއްވީ"މިނިސްޓްރު އަހުމަދު ޝިޔާމް
މީގެއިތުރުން މިނިސްޓަރ ވިދާޅުވީ ،އިންތިހާބުގެ އެންމެ ފޯރިގަދަވި ވަގުތު ރައީސް ޑރ މުއިއްޒު މާލެގައި ހުންނަވައިގެން އެމަނިކުފާނުގެ މުޅި ފޯކަސް ބެހެއްޓެވީ ރައްޔިތުންގެ ބޮލުގައި އެޅިފައިވާ ދަރަނި އަދާކުރުމަށް ކަމަށާއި، ވޯޓު ހޯދުމަށް ވުރެން އެމަނިކުފާނަށް އެ ދަނޑިވަޅުގައިވެސް މުހިންމު ވީ ރައްޔިތުންނާ މި ޤައުމު ސަލާމަތްކުރެއްވުން ކަމަށެވެ.
ވާހަކަ ނިންމަވާލައްވަމުން މިނިސްޓަރ ޝިޔާމް ވިދާޅުވީ،އިރާދަކުރެއްވިއްޔާ މިއަހަރަކީ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިފަދައިން ތަރައްޤީގެ މަޝްރޫއުތަކުގައި ގަދައަށް ކުލަ ޖެހިގެންދާނެ އަހަރެއް ކަމަށެވެ.


