ޕީސީބީގެ ބޯޑުން މޫސާ ފަތުހީ އިސްތިއުފާ ދެއްވައިފި
20 އޭޕްރީލު 2026 - 09:45
.webp&w=3840&q=75)
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަންގެ ބޯޑް މެންބަރުކަމުން މޫސާ ފަތުހީ އާދަމް އިސްތިއުފާ ދެއްވައިފިއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ، ޕީސީބީއިން ބުނީ މޫސާ ފަތުހީ މިއަދު އިސްތިއުފާ ހުށަހަޅާފައިވާތީ، އެ ހުށަހެޅުން ގަބާލުކޮށް، އޭނާ ޕީސީބީގެ ބޯޑު މެންބަރުކަމުން ވަކިކޮށްފައިވާ ކަމަށެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަންގެ ބޯޑް މެންބަރު ކަމަށް މޫސާ ފަތުހީ އައްޔަންކުރީ 20 ނޮވެމްބަރު 2023ގައެވެ.
އޭނާ އެ މަގާމުން އިސްތިއުފާދެއްވިއިރު ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ)އިން ވަނީ އޭނާ އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަނުކުރައްވާފައެވެ.
ކޮންގްރެސް ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މޫސާ ފަތުހީ އައްޔަނު ކުރީ، ކުރިން އެ މަގާމުގައި ހުންނެވި މުއާޒް ހަލީމް އިސްތިއުފާ ދިނުމުންނެވެ.

Ad by Hajj Corporation


