logo
Bank of Maldives

Bank of Maldives

ޚަބަރު

ޓާގެޓަކީ ކުރިއަށް އޮތް 8 އަހަރުގެ ތެރޭގައި ރީޖަނަލް ގޭމްސް އެއް ހޯސްޓު ކުރުން: މިނިސްޓަރު ރާފިއު

އައިޝަތު އިނާޝާ
20 އޭޕްރީލު 2026 - 11:13
ޓާގެޓަކީ ކުރިއަށް އޮތް 8 އަހަރުގެ ތެރޭގައި ރީޖަނަލް ގޭމްސް އެއް ހޯސްޓު ކުރުން: މިނިސްޓަރު ރާފިއު

ޓާގެޓަކީ ކުރިއަށް އޮތް 8 އަހަރުގެ ތެރޭގައި ރީޖަނަލް ގޭމްސް އެއް ހޯސްޓު ކުރުމާއެކު، ކުރިއަށް އޮތް 15 ނޫނީ 20 އަހަރުގެ ތެރޭގައި އޮލިމްޕިކްސް ނޫނީ އޭޝިއަން ގޭމްސް ފަދަ މުބާރާތަކުން މެޑަލްއެއް ހޯދުން ކަމަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ރައީސް އޮީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ޓާގެޓް ހާސިލުކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އެގޮތުން ކޯޗުންނާއި އޮފިޝަލުން ތަމްރީނު ކުރުމާއެކު، އިންފްރާސްޓްރަކްޗަރ ޑިވޮލެޕްކުރުން ހިމެނޭ ކަމަށް ވިދާޅުވިއެވެ. އަދި މިކަންކަން ހާސިލުކުމަށް ކުޅިވަރުގެ ދާއިރާއިން ހާއްސަ ޕްރޮގްރާމްތަކެއް ކުރިއަށްގެންދަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިންފްރާސްޓްރަކްޗަރ ގާއިމު ކުރުމަކީ މިއީ ވަރަށް މުހިންމު ކަމެއް. ކޮންމެހެން ކުރަންޖެހޭ ކަމެއް. އެހެންވެގެން ކޮންމެހެން އިސްކަންދީގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 16 ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމުކުރުމުގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށްގެން އަޅުގަނޑުމެން ކުރިއަށް އެބަގެންދަން: މިނިސްޓަރު

މިނިސްޓަރު ވިދާޅުވީ މިއިން ކޮންމެ ތަނަކީވެސް އިންޑޯ ގޭމްސްތައް ކުޅެވޭނެ ތަންތަން ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މާލެ ސަރައްހައްދުގައި ގާއިމުކުރެވޭ ސާރފިން ސްޑޭޑިއަމްގެ މަސައްކަތުގެ ކުރެހުން މިހާރު ނިމިފައިވާ ކަމަށާއި ދާދި އަވަހަށް އެތަނުގެ ބިނގާއެޅި މަސައްކަތްފެށިގެންދާނެ ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓާގެޓަކީ ކުރިއަށް އޮތް 8 އަހަރުގެ ތެރޭގައި ރީޖަނަލް ގޭމްސް އެއް ހޯސްޓު ކުރުން: މިނިސްޓަރު ރާފިއުޚަބަރު | 2 ގަޑިއިރު ކުރިން