މިނާއާއި ޢަރަފާތުގައި މީގެ ކުރިން ޙައްޖުވެރިންނަށް ނުލިބޭ ފުރިހަމަ ޚިދުމަތެއް މިހާރު ލިިބިގެންދާނެ
22 އޭޕްރީލު 2026 - 08:44

ޒަމާނަށް އަންނަ ބަދަލުތަކާއި އެއްގޮތަށް ރާއްޖެއިންވެސް ޙައްޖުވެރިންނަށް ދޭ ޚިދުމަތްތައް އިތުރަށް ތަރައްޤީ ކުރަމުންދާކަމަށާއި، އެގޮތުން މިނާއާއި ޢަރަފާތުގައި މީގެ ކުރިން ޙައްޖުވެރިންނަށް ނުލިބޭ ފުރިހަމަ ޚިދުމަތެއް މިހާރު ލިިބިގެންދާކަމަށް އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ޙާޒިރުވެވަޑައިގަންނަވާ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. ވަޒީރު ވިދާޅުވީ، ޒަމާނަށް އަންނަ ބަދަލުތަކާއި އެއްގޮތަށް ރާއްޖެއިންވެސް ޙައްޖުވެރިންނަށް ދޭ ޚިދުމަތްތައް އިތުރަށް ތަރައްޤީ ކުރަމުންދާކަމަށާއި، އެގޮތުން މިނާއާއި ޢަރަފާތުގައި މީގެ ކުރިން ޙައްޖުވެރިންނަށް ނުލިބޭ ފުރިހަމަ ޚިދުމަތެއް މިހާރު ލިިބިގެންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މައްކާއިން މަދީނާއަށް ކުރާ ދަތުރު ހައި ސްޕީޑް ރޭލުގައި ކުރުމާއި، މައްކާ ރޫޓުގެ ފަސޭހަ ޚިދުމަތް ހޯދައިދިނުމަކީ މިގޮތުގެ މަތިން ކުރެވުނު މުހިއްމު މަސައްކަތްތަކެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން މިކަންކަން ކުރިއަށް ގެންދަނީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުންކަމަށާއި، މިކަންކަން ތަންފީޒުކުރުމުގައި ވުޒާރާގެ ފަރާތުން ދޭންޖެހޭ އެންމެހާ އެހީތެރިކަމެއް އެންމެ މަތީ ދަރަޖައަށް ދެއްވާނެކަމަށް ވަޒީރު މިއަދު ވިދާޅުވިއެވެެ.
މީގެ އިތުރުން ވަޒީރުގެ ވާހަކަފުޅުގައި ޙައްޖު ކިއު ދިގުވުމުގެ މައްސަލައަށްވެސް ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ވަޒީރު ވިދާޅުވީ، ޙައްޖު ކިއު ދިގުވެފައި އޮތް މައްސަލައަކީ ހަމައެކަނި ރާއްޖެއަށް ދިމާވެފައިވާ މައްސަލައެއް ނޫންކަމަށާއި، މި މައްސަލައަކީ ކޮވިޑްގެ ސަބަބުން ޙައްޖުގެ ކިއު ދިގުދެމިގެންދިއުމުގެ ސަބަބުން ދިމާވެފައިވާ މައްސަލައެއްކަމަށެވެ. އަދި ޙައްޖު ކިއުގައި ތިބި އުމުރުން ދުވަސްވީ ފަރާތްތަކަށް އިސްކަން ދިނުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީރުންގެ މަޖިލީހުންގެ މަޝްވަރާގެ މަތިން މުހިއްމު ނިންމުންތަކެއް ވަނީ ނިންމަވާފައިވާކަމަށާއި އެގޮތުން 65 އަހަރުން މަތީގެ މީހުންނަށް ޚާއްސަ އިސްކަން ދިނުން ހިމަނާ މިކަމަށް ޢަމަލު ކުރަން ފަށާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއާއި ވަލީއަޙްދު މުޙައްމަދު ބިން ސަލްމާން އަދި ސަޢުދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓްރީން އަބަދުވެސް ދިވެހިރާއްޖޭގެ ހައްޖުވެރިންނަށް ޚާއްސަ ސަމާލުކަމެއް ދެއްވާކަންވެސް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.


