logoEN
ޚަބަރު

މި މަސް ނިމުމުގެ ކުރިން ފްލެޓް ލިސްޓް ނެރުމަށް މަސައްކަތްކުރަނީ

ހުޅުމާލޭގައި ގާއިމްކޮށްފައިވާ ފްލެޓްތައް

ހުޅުމާލޭގައި ގާއިމްކޮށްފައިވާ ފްލެޓްތައް

އާމިނަތު ސަފާއާމިނަތު ސަފާ

12 އޮކްޓޯބަރު 2024 - 18:25

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ފްލެޓްތައް ހައްގުވެރިންނާ ހަވާލުކުރުމަށްކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މި މަސް ނިމުމުގެ ކުރިން ފްލެޓް ލިބޭ މީހުންގެ ލިސްޓް އާއްމުކުރުމަށް މަސައްކަތްކުރަމުންދާކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ކުރީ ސަރުކާރުން ފްލެޓް ލިސްޓް އާއްމުކޮށްފައިވަނީ ވެރިކަން ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށެވެ. މި ލިސްޓަށް ގިނަ ބައެއްގެ ޝަކުވާތަކެއް ލިބުމުން އެންޓި ކޮރަޕްޝަން ކޮމިޝަނުން ނިންމީ ފްލެޓްތަށް ދިނުން ހުއްޓުވާށެވެ.

މައްސަލަ ތަހުގީގު ކުރުމަށްފަހު 4،000 ފްލެޓް ލިބޭ މީހުންގެ ތެރެއިން 60 އިންސައްތަ މީހުންނަކީ ޝަރުތު ހަމަނުވާ މީހުންކަން އޭސީސީން ވަނީ ފާހަގަކޮށްފައެވެ.

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން މިރޭ ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މި މަަސް ނިމުމުގެ ކުރިން ލިސްޓު އިއުލާން ކުރުމަށް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދަނީކުރަމުންކަމަށެވެ.

ގެދޮރުވެރިޔާ ސްކީމްގެ ތެރޭގައި ހިމެނެނީ 900 އަކަފޫޓުގެ 3 ކޮޓަރީގެ 2،800 އެޕާޓްމަންޓާއި، 650 އަކަފޫޓުގެ 2 ކޮޓަރީގެ 1،200 އެޕާޓްމަންޓްތަކެވެ.

ކޮމެންޓް

871x217_placeholder