logo
Bank of Maldives

Bank of Maldives

ޚަބަރު

ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު މި މަހުގެ 15 އާއި ހަމަ އަށް އިތުރުކޮށްފި

ހުސައިން ވަސީމް
19 މާރިޗު 2025 - 10:10
ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު މި މަހުގެ 15 އާއި ހަމަ އަށް އިތުރުކޮށްފި

ގެދޮރުވެރިޔާ ސްކީމްގެ ދަށުން އާންމު ކުރި ފްލެޓްލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން  ހުޅުވާލީ މިމަހުގެ 1 ވަނަ ދުވަހު އެވެ. އަދި މި މަހުގެ ނިޔަލަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ވަނީ ދީފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރު ކުރީ ރޯދައިގެ ފަހު ދިހަޔަކާއި އެކު އަންނަ މަހުގެ 6 ވަނަ ދުވަހާއި ހަމަޔަށް ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ވާތީ ކަމަށެވެ. އެހެންވެ ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު 15 އޭޕްރިލް 2025 އާ ހަމައަށް ވަނީ އިތުރުކޮށްފައެވެ.

ވުޒާރާއިން ބުނީ ފްލެޓު ލިބޭމީހުންގެ ލިސްޓު ވެރިފައިކުރުމުގެ މަރުޙަލާގައި ކަންކަން ހިންގާފައިވާ ގޮތަށް ރިޢާޔަތްކޮށް ވެރިފިކޭޝަނަށްފަހު ނެރުނު ލިސްޓުގައި ޝަރުތު ހަމަނުވާކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުން ހުށަހަޅާ ޝަކުވާތަކަށް ބަލައި ސަރުކާރުގެ އިދާރާތަކުގައިހުރި އެ މިނިސްޓްރީއަށް ޗެކްކުރެވެން ހުރި މަޢުލޫމާތުތަކަށް ރިޢާޔަތްކޮށް ޝަރުތު ހަމަވާކަން ސާބިތުވާނަމަ އެ ފަރާތްތަކަށް ޙައްލު ހޯދައިދޭނެ ކަމަށެވެ.

އެފަދަ ފަރާތްތަކުން ޕޯޓަލް ތެރެއިން ތަފްޞީލާއެކު ޝަކުވާ ހުށަހެޅޭނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އާ ލިސްޓުގައި ޖުމްލަ 1,820 މީހުންނަށް ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައިވާއިރު، އޭގެ ތެރެއިން 1,423 މީހުންނަށް ތިން ކޮޓަރީގެ ފްލެޓް އަދި 397 މީހުންނަށް ދެ ކޮޓަރީގެ ފްލެޓް ލިބޭނެއެވެ. އަދި 2,695 މީހެއްގެ ފޯމު ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވާއިރު، 424 ފަރާތެއްގެ ޕޮއިންޓަށް އައި ބަދަލާ ގުޅިގެން ފްލެޓް ލިބޭ މީހުންގެ ލިސްޓުން އުނިވެފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ވައިބަރ ކޮމިއުނިޓީތަކެއްޚަބަރު | 3 ގަޑިއިރު ކުރިންގެދޮރުވެރިޔާ ސްކީމް: މިހާތަނަށް 588 މީހަކު ސެކިއުރިޓީ ޑިޕޮސިޓް ދައްކައިފިޚަބަރު | 10 މަސް ކުރިންގދ. ފިޔޯރީ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ފަށައިފިޚަބަރު | އަހަރެއް ކުރިންފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު މި މަހުގެ 15 އާއި ހަމަ އަށް އިތުރުކޮށްފިޚަބަރު | އަހަރެއް ކުރިން