logo
MPL

MPL

ޚަބަރު

ގދ. ފިޔޯރީ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ފަށައިފި

ހުސައިން ވަސީމް
12 އޭޕްރީލު 2025 - 07:42
ގދ. ފިޔޯރީ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ފަށައިފި

މިހާރު ޕްލޭންގައި އޮތްގޮތަށް ގދ. ފިޔޯރީ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ނިމޭ އިރު ބަނދަރުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

GoRJAZobsAA4CZa.jpeg

Ad by Hajj Corporation

Ad by Hajj Corporation

 

 ފިޔޯރީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ފެށުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވަޒީރު ވިދާޅުވީ ބަނދަރު ތަރައްގީ ކުރުމުގެ ޕްލޭންގައި ކުރިން އޮތް ގޮތަށް މަސައްކަތް ފެށިނަމަ ބަނދަރުގެ މައްސަލައަށް ހައްލެއް ނާންނާނެ ކަމަށެވެ. ކުރިން ޕްލޭންގައި އޮތީ ދެފަރާތުން ހިއްކައިގެން ބޮޑުކުރާގޮތަށެވެ. ވަޒީރު ވިދާޅުވީ އެގޮތަށް ދެފަރާތުން ބޮޑު ކުރާގޮތަށް ހެދި ނަމަވެސް ގަދަވާ ދުވަސްވަރު ފަޅުތެރެވެސް ގަދަވާނެ ކަމަށެވެ. ކުރިން އޮތްގޮތަކީ ރައްޔިތުންވެސް ބޭނުންވާގޮތް ނޫން ކަމަށް ވަޒީރު ވިދާޅުވި އެވެ.

GoRJAZ7bEAAkm_g.jpeg

 

ވަޒީރު ވިދާޅުވީ ބަނަރުގެ މަސައްކަތް މިހާރު ފެށީ ރަށުގެ ރައްޔިތުންނާ އަދި ކައުންސިލާވެސް މަޝްވަރާކުރުމަށް ފަހު ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ.

މިހާރު މަސައްކަތް ފެށީ ޕްލޭނަށް ބައެއް ބަދަލުތަށް ގެނައުމާސް ފަހު އެވެ.

ފިޔޯރީ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 38 މިލިއަން ރުފިޔާ އަށެވެ.

މި މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމާއި ބަނދަރަށް ވަންނަ ނެރު ފުންކުރުމާއި ރިވެޓްމެންޓް ޖެހުމާއި  އެއްގަމު ތޮށި ޖެހުން ހިމެނެ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަމީނީ މަގު: ސެގްމަންޓް 3ގައި މިހަފުތާގައި ތާރުއަޅަން ފަށަނީޚަބަރު | ދުވަހެއް ކުރިންދިއްދޫގައި އަލަށް އެޅި ވޮލީ ކޯޓް، ރަސްމީކޮށް ހުޅުވައިފިޚަބަރު | ދުވަހެއް ކުރިންބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ 3 ވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް ފަށައިފިޚަބަރު | 7 ދުވަސް ކުރިންއަމީނީ މަގުގެ ދެ ސެގްމަންޓެއް ނިންމާ ހުޅުވާލައިފި, އާދީއްތައިގައި ދެން އޮތް ބައިގެ މަސައްކަތް ފަށަނީޚަބަރު | 9 ދުވަސް ކުރިން