ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ވައިބަރ ކޮމިއުނިޓީތަކެއް
އައިޝަތު ނަޝާ
8 ޖުލައި 2026 - 17:49
-1783523841096.webp&w=3840&q=75)
ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާ ގުޅޭ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ބިނާރާ ގެދޮރުވެރިކަމާ އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން 4 ވައިބަރ ކޮމިއުނިޓީއެއް އުފައްދައިފިއެވެ.

Ad by Hajj Corporation
ބޯހިޔާވަހިކަމުގެ އެކި މަޝްރޫއުތަކަށް ޚާއްޞަކޮށްގެން އުފައްދާފައިވާ ކޮމިއުނިޓީތަކަކީ:
- ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތި ލިބިފައިވާ ފަރާތްތަކަށް ޚާއްސަ "ބިންވެރިޔާ ހުޅުމާލެ" ވައިބަރ ކޮމިއުނިޓީ
- ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ޚާއްސަ "ބިންވެރިޔާ ގުޅިފަޅު" ވައިބަރ ކޮމިއުނިޓީ
- ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ޚާއްސަ "ބިންވެރިޔާ ގިރާވަރުފަޅު" ވައިބަރ ކޮމިއުނިޓީ
- "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތާއި ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ޚާއްސަ "ބޯހިޔާވަހިކަން އެންމެންނަށް" ވައިބަރ ކޮމިއުނިޓީ
މި ވައިބަރ ކޮމިއުނިޓީތައް މެދުވެރިކޮށް ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާ ގުޅޭ އެންމެ ފަހުގެ އިއުލާނުތަކާއި އަދާހަމަތައް ލިބިގެންދާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.


