logo
Bank of Maldives

Bank of Maldives

ޚަބަރު

ނަފްސާނީ ހާލަތެއް ތަހައްމަލު ކުރާނަމަ ގައުމީ ހެލްޕްލައިންގެ ޚިދުމަތް 24 ގަޑިއިރު ލިބޭނެ!

ޒިދާން މުޙައްމަދު
24 އޭޕްރީލު 2026 - 16:17
ނަފްސާނީ ހާލަތެއް ތަހައްމަލު ކުރާނަމަ ގައުމީ ހެލްޕްލައިންގެ ޚިދުމަތް  24 ގަޑިއިރު ލިބޭނެ!

ނަފްސާނީ ގޮތުން ދަތި އުނދަގޫ ހާލަތެއް ތަހައްމަލު ކުރަމުންދާ ފަރާތެއްނަމަ އެހީތެރިކަން ހޯދުމަށް އަވަސްވެ ގަތުމަށް ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ ތަރައްޤީއާ ބެހޭ ވުޒާރާއިން އެދިއްޖެއެވެ.

ސިއްޙަތާއިބެހޭ ވުޒާރާއިން މިފަދައިން އެދުނީ ނެރުނު ބަޔާނެއްގައެވެ.

ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ ތަރައްޤީއާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ނޭޝަނަލް މެންޓަލް ހެލްތު ހެލްޕްލައިންގެ 1677 މެދުވެރިކޮށް 24ގަޑިއިރު ނަފްސާނީ އެހީތެރިކަން ލިބޭނެ ކަމަށެވެ.

ނަފްސާނީ ދުޅަހެޔޮކަމަށް ދެވޭ ވަގުތީ އަދި ދާއިމީ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ފަންނީ ބޭފުޅުންނާއި، ގުޅުންހުރި މުއައްސަސާތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށް ސިއްހަތާއިބެހޭ ވުޒާރާއިން ބުނެއެވެ.

އަދި ދެމެހެއްޓެނިވި ގޮތެއްގައި މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ހަރުދަނާ ނިޒާމެއް ބިނާކުރުމުގައި މަސައްކަތް ކުރާނެ ކަމަށާއި، އެންމެން ގުޅިގެން ރައްކާތެރި އަދި އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސިއްޙަތާއި ބެހޭ ވުޒާރާއިން ބުނީ، މީސްމީޑިއާގައި ފަތުރާ ވާހަކަތަކާއި ހިއްސާ ކުރާ މަޢުލޫމާތުތަކަކީ ނަފްސާނީ ގޮތުން ބަލިކަށިވެފައިވާ ފަރާތްތަކަށާއި، ވަކިވެދިޔަ ފަރާތްތަކުގެ އާއިލާތަކަށް ފޫނުބެއްދޭ ފަދަ ހިތްދަތި އަސަރުތަކެއް ކުރުވާނެ ކަމެއް ކަމަށެވެ.

އެހެންކަމުން ހަޤީގަތާއި ޚިލާފު ވާހަކަތަކާއި، ހިތްދަތި މަންޒަރުތައް ނުވަތަ ކަށަވަރުނުވާ މަޢުލޫމާތު ނުފެތުރުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އޭގެ ބަދަލުގައި އެކަކު އަނެކަކަށް ހިތްވަރު ދިނުމަށާއި، އެހީތެރިކަން ފޯރުކޮށްދިނުމުގެ މެސެޖުތައް އިސްކުރުމަށް ވެސް އެދިފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަފްސާނީ ހާލަތެއް ތަހައްމަލު ކުރާނަމަ ގައުމީ ހެލްޕްލައިންގެ ޚިދުމަތް 24 ގަޑިއިރު ލިބޭނެ!ޚަބަރު | 2 ގަޑިއިރު ކުރިން