logoEN
ޚަބަރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޖެނީވާއަށް ފުރާވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަދި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ މަޖިލީހުގެ މެމްބަރުން// ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަދި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ މަޖިލީހުގެ މެމްބަރުން// ފޮޓޯ: މަޖިލިސް

އާމިނަތު ސަފާއާމިނަތު ސަފާ

13 އޮކްޓޯބަރު 2024 - 03:50

ސްވިޒަރލެންޑުގެ ޖެނީވާގައި ކުރިއަށްދާ އިންޓަރ-ޕާލިމެންޓަރީ ޔުނިއަންގެ 149 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ ޖެނީވާއަށް ފުރާވަޑައިގެންފިއެވެ.

މިމަހުގެ 13 އިން 17 އަށް ބޭއްވޭ އިންޓަރ-ޕާލިމެންޓަރީ ޔުނިއަންގެ 149 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް މަޖިލީހުގެ ރައީސް ޖެނިވާއަށް ފުރާވަޑައިގެންނެވީ ހޮނިހިރުދުވަހުގެ ރޭގެ ވަގުތެއްގައެވެ.

މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު އަދި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ބައިވެރިވެވަޑައިގަންނަވައެވެ.

އައިޕީޔޫ އަކީ ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތައް ބައިވެރިވާ ބައިނަލްއަގްވާމީ ޖަމްއިއްޔާއެކެވެ. މި ޖަމިއްޔާ އުފެދުނީ 1989 ވަނަ އަހަރުއެވެ.

ދިވެހިރާއްޖެއަށް އައިޕީޔޫގެ މެމްބަރުކަން ލިބުނީ 2023 ވަނަ އަހަރުގެ އޭޕްރީލްމަހުގެ 5 ވަނަ ދުވަހުއެވެ.

ކޮމެންޓް

871x217_placeholder