logoEN
ޚަބަރު

މަޖިލީހުގެ ނައިބު ރައީސް ޝަންޑޮން ޕްރޮވިންސްގެ ގަވަރުނަރާ ބައްދަލުކުރައްވައިފި

މަޖިލީހުގެ ނައިބު ރައީސް ޝަންޑޮން ޕްރޮވިންސްގެ ގަވަރުނަރާއެކު

މަޖިލީހުގެ ނައިބު ރައީސް ޝަންޑޮން ޕްރޮވިންސްގެ ގަވަރުނަރާއެކު

އާމިނަތު ސަފާއާމިނަތު ސަފާ

24 އޮކްޓޯބަރު 2024 - 05:08

ދުނިޔޭގެ ފެންވަރުގައި ކަނޑުގެ ވެށި ޙިމާޔަތްކުރުމުގެ ގޮތުން ޗައިނާގައި މިހާރު ކުރިއަށްދާ ގްލޯބަލް އޯޝަން ޑިވެލޮޕްމެންޓް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅުގައި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އޮނަރަބަލް އަޙްމަދު ނާޒިމް ޗައިނާގެ ޝަންޑޮންގ ޕްރޮވިންސްގެ ގަވަރުނަރު ހިޒް އެކްސަލެންސީ ޒައު ނައުޒިއަންގއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ދުނިޔޭގެ ފެންވަރުގައި ކަނޑުގެ ވެށި ޙިމާޔަތްކުރުމުގެ މުޙިންމުކަމާއި އެކަމަށްޓަކައި ޤައުމުތައް ގުޅިގެން މަސައްކަތްކުރުމުގެ މުޙިންމުކަމުގެ މައްޗަށް ދެ ބޭފުޅުން ވާހަކަފުޅުދެއްކެވިއެވެ. އަދި ކަނޑުގެ ވެށި ކިލަނބުވުމަށް މެދުވެރިވާ ކަންތައްތަކުން ކަނޑުގެ ވެށި ސަލާމަތްކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ގުޅިގެން މަސައްކަތްކުރުމުގެ މުޙިންމުކަން ދެބޭފުޅުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ގްލޯބަލް އޯޝަން ޑިވެލޮޕްމަންޓް ފޯރަމް ޝަރަފުވެރިކޮށްދެއްވުމަށް ދަޢުވަތު ދެއްވިކަމަށްޓަކައި ގަވަރުނަރާއި ޗައިނާ ސަރުކާރަށް ނައިބު ރައީސް ނާޒިމް ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ނައިބު ރައީސާއެކު މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އޮނަރަބަލް އަޙްމަދު ޝިޔާމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމަށްފަހު، މި ފޯރަމްގެ ބައިވެރިންނަށް ގަވަރުނަރު ދެއްވި ރޭގަނޑުގެ ފަރިއްކޮޅުގައި، ދިވެހި ވަފުދުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް

871x217_placeholder