ސަޕްލިމެންޓަރީ ބަޖެޓުގެ މަސައްކަތް ނިންމަން ކޮމެޓީއަށް ލިބޭނީ 1 ދުވަސް

މިނިސްޓަރ ޒަމީރު

24 އޮކްޓޯބަރު 2024 - 07:25
މިއަދު މަޖިލީހަށް ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓުގެ މަސައްކަތް އަވަސްކުރުމަށް ނިންމައި ބަހުސް މަރުހަލާ މިއަދު ނިންމާލުމަށްފަހު ކޮމިޓީ މަސައްކަތް އެއް ދުވަހުގެ ތެރޭ ނިންމާލުމަށް ފާސްކޮށްފިއެވެ.
މިގޮތަށް މަޖިލީހަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ފަލާހުއެވެ. މި ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުއާއި މައިނޯރިޓީ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލްއެވެ. މި ހުށަހެޅުމަށް މަޖިލީހުގެ 69 މެންބަރުން ވަނީ ތާއީދުކުރައްވާފައެވެ.
މި ސަރުކާރުން ޚަރަދުތައް ކޮންޓްރޯލް ކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށްފަހު، މި އަހަރަށް 5.1 ބިލިއަން ރުފިޔާގެ ސަޕްލިމަންޓަރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.
ފަލާހު ހުށަހެޅުއްވީ މިއަދުގެ 1:30 އިން ފެށިގެން ސަޕްލިމެންޓަރީ ބަޖެޓުގެ ބަހުސް ފެށުމަށާއި ބަހުސް ނިމެންދެން ކުރިއަށް ގެންގޮސް މިއަދު ބަހުސް ނިންމުމަށެވެ. އަދި ބަހުސްގައި ބައިވެރިވުމަށް އެދިވަޑައިގަންނަވާ ކޮންމެ މެންބަރަކަށް ފަސް މިނެޓުގެ ވަގުތުކޮޅެއް ދިނުމަށް އޭނާގެ ހުށަހެޅުއްވި އެވެ.
އެއަށްފަހު ބަޖެޓު ދިރާސާ ކުރާ ކޮމެޓީއަށް ހުށަހެޅުމަށާއި އެ ކޮމެޓީގެ މަސައްކަތް ކުރުމަށް އެއް ދުވަހުގެ މުއްދަތެއް ދިނުމަށާއި އެ ކޮމެޓީން ނިންމާ ގޮތުގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ފޮނުވުމުން އެ ރިޕޯޓާ ގުޅޭގޮތުން ބަހުސް ކުރުމަށް ފަލާހު ހުށަހެޅުއްވީ ކޮންމެ މެންބަރަކަށް ދެ މިނެޓުގެ ވަގުތު ކޮޅެއް ދިނުމަށްވެސް ފަލާހު ހުށަހެޅުއްވިއެވެ.
އިތުރު ލިޔުންތައް

ސައިބާ ކްރައިމްގެ މައްސަލަތަކަށް ގާނޫނީ ހައްލު ހޯދަން 3 ބިލެއް މަޖިލީހަށް
6 މަސް ކުރިން
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޖެނީވާއަށް ފުރާވަޑައިގެންފި
6 މަސް ކުރިން
ގްރީން ޓެކްސް އާއި އެއާޕޯޓް ޓެކްސްއާ ގުޅޭ ބިލް ކޮމެޓީއަށް
6 މަސް ކުރިން