logoEN
ޚަބަރު

ޑިމޮކްރަސީއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދޮގު މަޢުލޫމާތު ފެތުރުން - މަޖިލިސް ރައީސް

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

14 އޮކްޓޯބަރު 2024 - 16:37

ޑިމޮކްރަސީއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދޮގު މަޢުލޫމާތު ފެތުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ސްވިޒަލޭންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ އިންޓަރ-ޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ) ގެ 149 ވަނަ އެސެމްބްލީގައި ތަގުރީރު ކުރައްވަމުން އަބްދުލްރަހީމް ވިދާޅުވީ ދޮގު މަޢުލޫމާތާއި ގަސްތުގައި އޮޅުވާލުމުގެ ގޮތުން ފަތުރާ މަޢުލޫމާތުގެ ސަބަބުން ޑިމޮކްރަސީއަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭ ކަމަށާއި މިފަދަ ގޮންޖެހުންތަކުން ސަލާމަތްކުރުމަށް ޤާނޫނުހަދާ މަޖިލިސްތަކުން އާ އީޖާދުތަކާއެކީ އެއަށް ބޭނުންވާ ގަވާއިދުތައްވެސް އެކުލަވާލުމަކީ މުހިންމު ކަމެއް ކަމަށެވެ.

މިގޮތުން، އައިޕީޔޫ އިން ކަނޑައަޅާފައިވާ ސައިންސާއި ޓެކްނޮލޮޖީގެ ސުލޫކީ މިންގަނޑާ އެއްގޮތަށް ސައިންސާއި ޓެކްނޮލޮޖީ ބޭނުންކުރުމުގެ ސުލޫކީ މިންގަނޑުތަކެއް ޤައުމުތަކުން އެކުލަވާލުމަކީ މުހިންމު ކަމެއް ކަމަށާއި ދިރާސާތައް ކުރިއަށް ގެންދަންވާނީ ނަޒާހަތްތެރިކަމާއި އިންސާނީ ޙައްޤުތަކަށް އިޙުތިރާމްކޮށްގެން ކަމަށް ވިދާޅުވި އެވެ.

ޓެކްނޮލޮޖީ ކުރިއެރުވުމަށް ޤާނޫނުހަދާ މަޖިލިސްތަކުން އަދާކުރާ މުހިންމު ދައުރާ ބެހޭގޮތުން ވާހަކަދައްކަމުން އަބްދުލްރަހީމް ވަނީ ކޮވިޑުގެ ދުވަސްވަރު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަކީ ދުނިޔޭގެ އެންމެ ފުރަތަމަ އޮންލައިންކޮށް މަޖިލިސް ކުރިއަށް ގެންދިޔަ ޤާނޫނުހަދާ މަޖިލިސްކަން ފާހަގަކުރައްވާފަ އެވެ. އަދި ޓެކްނޮލޮޖީއާމެދު މަޖިލީހުގެ ދައުރު އިތުރުކުރުމުގެ ގޮތުން، އައިސީޓީ އާ ގުޅޭ ދާއިމީ ކޮމިޓީއެއް މަޖިލީހުގައި ހިމެނޭ ކަމަށްވެސް ޢަބްދުއްރަޙީމް ވިދާޅުވި އެވެ.

ފުރިހަމަ ޑިޖިޓަލައިޒްޑް އިޤްތިޞާދެއް އުފެއްދުމުގެ މަޤްޞަދުގައި، ޢާންމު ޚިދުމަތްތަކާއި ތިމާވެށީގެ މޮނިޓަރިންގ ރަނގަޅު ކުރުމަށް މަސްނޫޢީ ވިސްނުން ބޭނުންކުރުމަށްވެސް ރާއްޖެއިން ހީވާގިކަމާއެކު މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

871x217_placeholder