އަސްކަރީ ބޭނުމަށް ކަނޑުގެ ސަރަހައްދު ދެވޭނީ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތުން


20 ނޮވެމްބަރު 2024 - 14:10
ޢަސްކަރީ ބޭނުމަކަށް ދިވެހިރާއްޖޭގެ ސަރަޙައްދުގައި ބޭރުގެ ސިފައިން އެއްވެސް ސިފައެއްގައި ޢަމަލީގޮތުން ޙަރަކާތްތެރިވުމަށް ހުއްދަ ދެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެގެންކަމަށް ބަޔާންކޮށް ޤާނޫނު އަސާސީއަށް އިސްލާޙު ގެނެސްފިއެވެ.
މި އިސްލާހު ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 91 މެމްބަރުންގެ ތެރެއިން 78 މެމްބަރުންގެ އަޤްލަބިއްޔަތުންނެވެ. ބިލު ފާސްކުރުމަށް ނުފެންނަކަމަށް ވޯޓް ދެއްވީ 13 މެމްބަރުންނެވެ.ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު އިޞްލާހު ހުށައެޅުއްވީ ޤާނޫނު އަސާސީގެ 251 ވަނަ މާއްދާގެ (ނ)އަށެވެ. އެ މާއްދާގައި މިހާރު ބަޔާންކުރަނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެގެން މެނުވީ ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް އަސްކަރީ ބޭނުމަކަށް ދީގެން ނުވާނެކަމަށެވެ.
އްޖެއިން ބޭރުގެ ސިފައިން ހަރަކާތްތެރިވުމާ ގުޅޭ މާއްދާ ހަރުކަށިކުރަން ސަރުކާރުން ހުށައަޅަފައިމިވަނީ، ރާއްޖެއިން ބޭރުގެ ސިފައިން ފޮނުވާލުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދު ފުއްދުމަށް ފަހުއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުފުޅާ އެއްގޮތަށް ރާއްޖޭގެ ތިން ޕްލެޓްފޯމެއްގައި ގާއިމުވެ ތިބި ހުރިހައި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލީ މެއި މަހުގެ 9 ވަނަ ދުވަހުއެވެ.