logo
Bank of Maldives

Bank of Maldives

ޚަބަރު

މަޖިލީހުން މުއައްސަސާތައް ޖަވާބުދާރީ ކުރުވާނަން - މަޖިލިސް ރައީސް

މެންދުރު ޓީމް
7 އޯގަސްޓު 2024 - 08:52
މަޖިލީހުން  މުއައްސަސާތައް ޖަވާބުދާރީ ކުރުވާނަން - މަޖިލިސް ރައީސް

ރައްޔިތުންގެ މަޖިލީހުން ދައުލަތުގެ މުއައްސަސާތައް ޖަވާބުދާރީ ކުރުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަޙީމް މިހެން ވިދާޅުވީ، ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ޤާނޫނުއަސާސީ ތަސްދީޤުކުރިތާ 16 އަހަރު ފުރުމާއި ގުޅިގެން އެކަމަށް އަލިއަޅުއްވާލައްވައި މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިހާރު އަމަލުކުރަމުންދާ ޤާނޫނުއަސާސީ ތަސްދީގުކުރެއްވީ 2008 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 7 ވަނަ ދުވަހު އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްޤައްޔޫމްއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓެވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވަނީ ޤާނޫނު އަސާސީ އެކުލަވައިލުމުގެ މަސައްކަތް ކުރެއްވި ޚާއްސަ މަޖިލީހުގެ މެންބަރުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވައިދެއްވި، މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމަށްވެސް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ޤާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ ވާޖިބުތައް އަދާކޮށް މުއައްސަސާތައް ޖަވާބުދާރީ ކުރުވާނެ ކަމަށެވެ.

"ޤާނޫނުއަސާސީން އަޅުގަނޑުމެންނަށް ލިބިދީފައިވާ ޙައްގުތައް ކަށަވަރުކުރުމުގައި އަދި ރައްޔިތުންގެ މަޖިލީހުން މަތިކޮށްފައިވާ ވާޖިބުތައް އަދާކޮށް މުއައްސަސާތައް ޖަވާބުދާރީ ކުރުވައި ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތު މި މަޖިލީހުން އަދާކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރުވަން." އަބްދުއްރަޙީމް ވިދާޅުވިއެވެ.

މިހާރު އަމަލުކުރަމުންދާ ޤާނޫނުއަސާސީ އެކުލަވައިލުމުގެ މަސައްކަތް ރައްޔިތުންގެ ޚާއްސަ މަޖިލީހުން ފެށީ 2004 ވަނަ އަހަރުއެވެ. އެ މަސައްކަތް ނިންމާލުމަށްފަހު، އެ ޤާނޫނުއަސާސީ ތަސްދީޤުކޮށްފައިވަނީ 7 އޯގަސްޓް 2008ގައެވެ. މި ޤާނޫނުއަސާސީއަށް އަަމަލުކުރަމުންދާތާ 16 އަހަރު ފުރިފައިވާއިރު، ޤާނޫނުއަސާސީން އެންމެ ބޮޑު ބާރެއް ދީފައިވަނީ ރައްޔިތުންގެ މަޖިލީހަށްކަންވެސް ފާހަގަކޮށްލެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކައުންސިލް އިންތިޚާބުގައި ހުރިހާ ރައްޔިތުން ވެސް އެމްޑީޕީ އަށް ނޫނެކޭ ބުނަންޖެހޭ: ފަލާހްޚަބަރު | 21 ގަޑިއިރު ކުރިންއިލެކްޝަންސްގެ މެމްބަރުކަމަށް ރިފްއަތު އައްޔަންކުރަން މަޖިލީހަށް ހުށަހަޅައިފިޚަބަރު | 2 ދުވަސް ކުރިންދެ އިންތިހާބު އެއްކޮަށްލާ، މަޖިލީހުގެ ދައުރު ކުރުކޮށްލަން މަޖިލީހުން ފާސްކޮށްފިޚަބަރު | 2 ދުވަސް ކުރިންކޮމިޓީގެ ނިންމުން: ދެ އިންތިޚާބު އެއްކޮށްލަން ފެނޭޚަބަރު | 3 ދުވަސް ކުރިން