logoEN
ޚަބަރު

އެެއްއަހަރުން ހުރިހާ ވަޢުދެއް ނުފުއްދޭނެ

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

17 ނޮވެމްބަރު 2024 - 15:42

ވެރިކަމަށް ވަޑައިގަންނަވާ އެއްވެސް ރައީސްއަކަށް ވެރިކަމުގެ ފުރަތަމަ އަހަރު ވެވަޑައިގެންނެވި ހުރިހާ ވަޢުދެއް ނުފުއްދޭނެ ކަމަށާއި ވަޢުދުތައް ހަޤީޤަތަކަށް ހެދުމަށް ވަގުތު ބޭނުންވާނެކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް 1 އަހަރު ފުރުމާ ގުޅިގެން ދައުލަތުގެ މީޑިއާއިން ކުރިއަށް ގެންދާ ހާއްސަ ލައިވް ކަވަރޭޖް "52 ހަފުތާ - ސަރުކާރާއެކު ކުރިޔަށް" އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި އަބްދުއްރަހީމް ވިދާޅުވީ ރައީސް ވަރަށް ގިނަ ކަންކަމަށް ވައުދުވެވަޑައިގެންނެވި ކަމަށެވެ.

އެގޮތުން ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދުމަށް އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވާ ކަމަށެވެ.

ރައީސް ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގެންނެވި ވައުދުތައް ފޮތެއްގެ ސިފައިގައި ލިޔެ، ޗާޕުކުރައްވައި ހުވާ ކުރެއްވުމުގެ ކުރިން ވަނީ ނެރުއްވާފަ އެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގެންނެވި ވައުދުފުޅުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ވައުދުފުޅަކީ އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގަންނަވާ ހިސާބުން ފެށިގެން ރާއްޖޭގައި ފައިސާ ޗާޕުކުރުން ނިމުމަކަށް ގެންނަވާނެ ކަމަށް ވެވަޑައިގެންނެވި ވައުދުފުޅު ކަމަށެވެ.

އެކަމަކީ އަތްނުލެވޭ އަދި ލޮލަށް ނުފެންނަ ކާމިޔާބީއެއް ކަމަށާއި އެކަން މިހާރު ނިމިފައިވާ ކަމަށެވެ.

އެހެންނަމަވެސް އެކަމަކީ އިގުތިސޯދީ ވިސްނުމަކުން ވިސްނާއިރު ވަރަށް ބޮޑު ކާމިޔާބީއެއް ކަމުގައި އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ގައުމު އޮތް ގޮތް ހެޔޮ ވިސްނޭ ކޮންމެ މީހަކަށް ވެސް އެނގޭނެ ކަމަށެވެ. ޕާޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުންނަށް ވެސް ގަބޫލު ކުރެއްވިފައި އޮތީ ފައިސާ ޗާޕުކޮށްގެން ނޫނިއްޔާ ކުރިއަށް ނުދެވޭނެ ކަމުގައި ކަަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ކޮމެންޓް

871x217_placeholder