އަންނަ އަހަރަކީ އަތްލެވޭ ތަރައްޤީގެ އަހަރު - ޢަބްދުއްރަޙީމް


17 ނޮވެމްބަރު 2024 - 15:36
އަންނަ އަހަރަކީ އަތްލެވޭ ތަރައްޤީގެ އަހަރަކަށްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް 1 އަހަރުވުމާއި ގުޅިގެން ދަޢުލަތުގެ މީޑިޔާއިން ގެނެސްދިން "ހަފްތާ 52" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ ފާއިތުވި އެއްއަހަރު ވަރަށް ބޮޑެތި ކާމިޔާބީތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ހާސިލުކުރެއްވިކަމަށެވެ.
އެހެންނަމަވެސް ކޮންމެ ކާމިޔާބީއަކީ އަތްލެވޭ އެއްޗެއް ނޫން ކަމަށާއި، ބައެއް ކާމިޔާބީތަކަކީ ލޮލަށް ފެންނަ އެއްޗެއް ނޫންކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް މިފަދައިން މާނަކުރެއްވީ ރާއްޖޭގެ އިސްތިޤްލާލާއި، މިނިވަންކަން ޔަޤީންކުރުމަށާއި، ދީނީ ވަޙުދަތު ހިމާޔަތްކޮށް ޤައުމިއްޔަތު ކުރިއެރުވުމާއި މާލީ ދަތިކަމުން އަރައިގަތުމަށް ސަރުކާރުން ކުރެއްވި މުހިންމު މަސައްކަތްތަކަށް އިޝާރާތްކުރައްވައެވެ.މީގެ އިތުރުން ޑިޕްލޮމެސީގެ ރިވެތި އުސޫލުން ބޭރު ސިފައިން ރާއްޖެއިން ފޮނުވާލިކަމަށާއި ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަން ކުރެއްވުމުގައި ދުރެއް ގާތެއް ނުބައްލަވާ ޤައުމުގެ މައިގަނޑު އަސާސްތަކަށް އިޙްތިރާމްކުރާ، އެންމެންނާއެކު ގުޅުން ޤާއިމުކުރެއްވިކަމަށްވެސް ވިދާޅުވިއެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ އަމާންވެއްޓެއް ޤާއިމުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވައުދުވެވަޑައިގެންނެވިކަމަށާއި އެ ވައުދުވެސް އެމަނިކުފާނު ފުއްދެވި ކަމަށެވެ. މިހުރިހާ ކަމަކީ ފާއިތުވި އެއްއަހަރަށް ބަލާއިރު ސަރުކާރަށް ހާސިލްކުރެވުނު މުހިންމު ކާމިޔާބީތަކެއް ކަމަށް ވިދާޅުވިއެވެ.
އިތުރު ލިޔުންތައް

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޖެނީވާއަށް ފުރާވަޑައިގެންފި
6 މަސް ކުރިން
ޑިމޮކްރަސީއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދޮގު މަޢުލޫމާތު ފެތުރުން - މަޖިލިސް ރައީސް
6 މަސް ކުރިން
އެެއްއަހަރުން ހުރިހާ ވަޢުދެއް ނުފުއްދޭނެ
5 މަސް ކުރިން