އެއްވެސް ކަސްޓަމަރެއްގެ ބިލު އުސޫލާ ޚިލާފަށް ތައްޔާރުކޮށްފައެއް ނުވާނެ: ފެނަކަ ކޯޕަރޭޝަނުް
26 އޭޕްރީލު 2026 - 13:13

ގާނޫނާއި ގަވާއިދުތަކުގައި ކަނޑައެޅިފައިވާ އުސޫލާ ޚިލާފަށް، އެއްވެސް ކަސްޓަމަރެއްގެ ބިލު ތައްޔާރުކޮށްފައި ނުވާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
މިދިޔަ މާޗް މަހުގެ ކަރަންޓު ބިލުތައް ފެނަކައިން އަތޮޅުތެރޭގެ ރަށްތަކަށް ފޮނުވިއިރު، އާދަޔާ ޚިލާފަށް ބޮޑުވެފައިވާ ކަމުގެ ޝަކުވާ ގިނަ ބަޔަކު ކުރުމުގެ ސަބަބުން އެ ކޯޕަރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ،މިދިޔަ މަހު ރީޑިން ނެގުމުގައިއާއި ކަރަންޓު ބިލު ތައްޔާރުކުރުމުގައި އެ ކުންފުނިން އަމަލުކޮށްފައިވާނީ އެހެން މަސްތަކުގައި ވެސް އަމަލުކުރަމުންދާ އުސޫލަށް ކަަމަށެވެ.

Ad by Hajj Corporation
އެ ކުންފުނިން ތައްޔާރުކޮށްފައިވާ އެއްވެސް ކަރަންޓު ބިލެއްގައި މައްސަލައެއްް އުޅޭކަމަށް ޝައްކުކުރެވޭނަމަ، އަދި ރީޑިން އިތުރަށް ޗެކްކުރަން ބޭނުންވާނަމަ، އެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން އެ ކުންފުނިން ވަނީ، ކޮންމެ އަހަރެއްގެ ވެސް މާޗް މަހާއި އޭޕްރިލް މަހުގެ އިތުރުން މެއި މަހަކީ އެންމެ ގިނަ އަދަދަކަށް ކަރަންޓު ބޭނުންކުރެވޭ ދުވަސްވަރަށް ވުމުން، ކަރަންޓު ބޭނުން ކުރުމުގައި ސަމާލުވުމަށް ހަނދާންކޮށްދީފައެވެ.


