logo
Bank of Maldives

Bank of Maldives

ޚަބަރު

އެއްވުންތައް ކަވަރުކުރާ ނޫސްވެރިން އެކްރެޑިޓްކުރުމުގެ އައު ގަވާއިދު ގެޒެޓްކޮށްފި

ޒިދާން މުޙައްމަދު
28 އޭޕްރީލު 2026 - 10:52
އެއްވުންތައް ކަވަރުކުރާ ނޫސްވެރިން އެކްރެޑިޓްކުރުމުގެ އައު ގަވާއިދު ގެޒެޓްކޮށްފި

އެއްވުންތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓްކުރުމުގެ އައު ގަވާއިދު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެކުލަވައިލައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢުކޮށްފިއެވެ.

ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ 54 ވަނަ މާއްދާގެ ދަށުން އެކުލަވައިލި މި ގަވާއިދުގެ މަޤުޞަދަކީ ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާއި، އެއްވުންތައް ކަވަރުކުރާ ނޫސްވެރިންނަށް ސަލާމަތީ ބާރުތަކުގެ ހިމާޔަތާއި އެއްބާރުލުން ކަށަވަރުކޮށްދީ، އެންމެހައި މީޑިއާތަކަށް ހަމަހަމަ ފުރުޞަތު ފަހިކޮށްދިނުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ގަވާއިދުގެ ދަށުން އެކްރެޑިޓްކުރެވޭނީ ރާއްޖޭގެ މީޑިއާތަކާއި، ބައިނަލްއަޤުވާމީ މީޑިއާ ތަމްސީލުކުރާ ފަރާތްތަކާއި، ފްރީލާންސް ނޫސްވެރިންނެވެ. ރާއްޖޭގެ މީޑިއާތަކަށް އެކްރެޑިޓޭޝަން ދެވެނީ އެއް އަހަރު ދުވަހަށެވެ.

ބައިނަލްއަޤުވާމީ މީޑިއާ ތަމްސީލުކުރާ ފަރާތްތަކަށް ތިން މަސް ދުވަހަށް އަދި ފްރީލާންސް ނޫސްވެރިންނަށް ހަ މަސް ދުވަހަށެވެ. ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަކޮށް ހުށަހަޅާތާ ގިނަވެގެން ތިން މަސައްކަތު ދުވަހުގެ ތެރޭގައި އެކްރެޑިޓްކޮށްދޭން ޖެހެއެވެ.

އެކްރެޑިޓްކޮށްފައިވާ ނޫސްވެރިންނަށް ސަލާމަތީ ބާރުތަކުގެ ޚާއްޞަ ހިމާޔަތާއި، ހަލަބޮލި ހާލަތްތައް ހިނގާ ސަރަޙައްދުތަކަށް ވަދެވުމުގެ ފުރުޞަތާއި، ސަލާމަތީ ބާރުތަކުން މަޢުލޫމާތު ހޯދުމުގެ ލުއިފަސޭހަކަން ލިބޭނެއެވެ.

އެކްރެޑިޓޭޝަން ކާޑު ބާޠިލުކުރެވޭ ޙާލަތްތަކުގެ ތެރޭގައި ހުށަހެޅި މަޢުލޫމާތު ޞައްޙަ ނޫންކަމަށް ސާބިތުވުމާއި، ޖިނާއީ ކުށެއްގައި ޝަރުޢީ ކޯޓަކުން ޙުކުމެއް ކުރުމާއި، ނިސްބަތްވާ މީޑިއާ އޯގަނައިޒޭޝަނުގެ ރަޖިސްޓަރީ ނުވަތަ ލައިސަންސް ބާޠިލުކުރުން ހިމެނެއެވެ. މި ގަވާއިދަށް ޢަމަލުކުރަން ފެށީ ގެޒެޓުގައި ޝާއިޢުކުރި ދުވަހުން ފެށިގެންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެއްވުންތައް ކަވަރުކުރާ ނޫސްވެރިން އެކްރެޑިޓްކުރުމުގެ އައު ގަވާއިދު ގެޒެޓްކޮށްފިޚަބަރު | 2 ގަޑިއިރު ކުރިން