logo
Bank of Maldives

Bank of Maldives

ޚަބަރު

ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަމުގައި މީހުންގެ އަބުރު ކަތިލުން ބަލައިނުގަނެވޭނެ : މިނިސްޓަރު ޝިޔާމް

އައިޝަތު އިނާޝާ
28 އޭޕްރީލު 2026 - 12:41
ރާއްޖޭގެ އެންމެ ފުރަތަމަ ޑެވެލޮޕްމަންޓް ބޭންކް ހުޅުވުމަށް ބޭއްވި ޖަލްސާގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގެ އެންމެ ފުރަތަމަ ޑެވެލޮޕްމަންޓް ބޭންކް ހުޅުވުމަށް ބޭއްވި ޖަލްސާގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަމުގައި މީހުންގެ އަބުރު، އަދި ވަކިން ހާއްސަކޮށް އިސްލާމީ ދައުލަތެއްގެ ވެރިޔާގެ އަބުރު ކަތިލުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށާއި އަދި އެއީ ބަލައިގަނެވޭނެ ކަމެއްވެސް ނޫން ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝިޔާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ޙައްޤުތަކެއް ކަމަށް ވިޔަސް، މި ޙައްޤުތަކާއި މިނިވަންކަމަކީ އިސްލާމީ ރިވެތި އިންތަކާއި މިންތައް ފަހަނައަޅައި، މީހުންގެ އަބުރު ކަތިލައި، ސާބިތު ހިފޭ ހެކި ނެތި ޒިނޭ އާއި ޤަޛްފުގެ ތުހުމަތު އެއްވެސް މީހެއްގެ ބޮލުގައި އެޅުވުމަށް ދެވޭ ލައިސަންސެއް ނޫން ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓަރު ވިދާޅުވީ ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަމުގައި މީހުންގެ އަބުރު، އަދި ވަކިން ޚާއްސަކޮށް އިސްލާމީ ދައުލަތެއްގެ ވެރިޔާގެ އަބުރު ކަތިލުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށާއި އެއީ ބަލައިގަނެވޭނެ ކަމެއްވެސް ނޫން ކަމަށެވެ.

އަޅުގަނޑުމެންގެ މުޖުތަމައަކީ އެފަދަ ކަންކަމަށް ތަރުހީބު ދޭނެ މުޖުތަމައެއްވެސް ނޫން. އަދި އަޅުގނޑުމެންގެ ނޫސްވެރިންނަކީ އެފަދަ ފާހިޝް ހުތުރު ކަންކަމަށް ހިތްވަރުދޭ، ދޮގު ޚަބަރު ފަތުރާ ބަޔަކަށްވުރެ މާ ތަހުޒީބު، މާ ޒިންމާދާރު ބަޔަކަށް ވާންޖެހޭނެ: މިނިސްޓަރު

މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އަޅާނެ ސަރުކާރެއް ނޫން ކަމަށާއި ޚުދު އެމަނިކުފާނަކީ ނޫސްވެރިންނާ ވަރަށް ގާތުން މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރަކީ އަބަދުވެސް ޒިންމާދާރު ނޫސްވެރިކަމަށް އެންމެ ފުޅާ ދާއިރާގައި ތަރުޙީބު ދޭނެ ސަރުކާރެއް ކަމަށް މިނިސްޓަރުގެ ޕޯސްޓުގައި ވިދާޅުވިއެވެ.

މިއަދު ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަމުގައި ޤައުމުގެ ރައީސުލްޖުމްހޫރިއްޔާގެ އަބުރު ކަތިލެވޭއިރު، މިކަން ނުހުއްޓުވައިފިނަމަ މާދަމާ މިކަމުގެ ޝިކާރައަކަށް ތިޔައިގެ ތެރެއިން ހަމަ ކޮންމެ ބޭފުޅަކުވެސް ވެދާނެ: މިނިސްޓަރު ޝިޔާމް

މިނިސްޓަރު ޝިޔާމް ވަނީ ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ފެށޭ ހިސާބަކީ އަނެކާގެ ޙައްޤުތަކާައި މިނިވަންކަން ނަގާލައި، އަބުރު ކަތިލެވޭ ހިސާބަށް ވެގެންނެއް ނުވާނެ ކަމަށް ވިދާޅުވެފައެވެ.

މީގެ ދުވަސްކޮޅެއް ކުރިން އަދަދު ނޫހުން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒާ ގުޅުވައިގެން ލަދުހުތުރު ތުހުމަތުތަކެއްކޮށް، ޑޮކިއުމެންޓްރީއެއް އާންމުކޮށްފައެވެ. އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އެއީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށް ވިދާޅުވެފައެވެ. އަދި އެފަދަ ދޮގު ވާހަކަތަކެއް ފެތުރި ހުރިހާ ފަރާތްތަކާ ދެކޮޅަށް ދައުވާ ކުރުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކެއްގެ ކިބައިން ރައީސް ވަނީ އެދިލައްވާފައެވެ.

ފާހަގަކުރެވޭ ގޮތުގައި ފުލުހުން ރޭގެ ވަގުތެއްގައި ވަނީ އަދަދު ނޫހުގެ އޮފީހަށް ކޯޓު އަމުރެއްގެ ދަށުން ވަދެފައެވެ. އަދި، އެ ތަނުގައި ހުރި ގިނަ އަދަދެއްގެ ސާމާނު ވަނީ ގެންގޮސްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަމުގައި މީހުންގެ އަބުރު ކަތިލުން ބަލައިނުގަނެވޭނެ : މިނިސްޓަރު ޝިޔާމް ޚަބަރު | 2 ގަޑިއިރު ކުރިން