logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގެ ފަސް ސިޓީ ގައި މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އާސިމްގެ ޚާއްސަ ދަރުސްތަކެއް

އައިޝަތު އިނާޝާ
29 އޭޕްރީލު 2026 - 06:15
ރާއްޖޭގެ ފަސް ސިޓީ ގައި މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އާސިމްގެ ޚާއްސަ ދަރުސްތަކެއް

ޚާއްސަ ދަރުސްތަކެއް ދެއްވުމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ސައޫދީ އަރަބިއްޔާގެ ޝައިހް އާސިމް އަލް ހަކީމް ރާއްޖެއަށް ކުރައްވަމުންގެދަވާ ދަތުރުފުޅުގެ ތެރެއިން ފުރަތަމަ ދަރުސް ރޭ ކުޅުއްދުފުށި ސިޓީ ގައި ދެއްވައިފިއެވެ.

ޝައިހަށް ރާއްޖެއިން މަރުހަބާ ވިދާޅުވީ، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމެވެ. 

Ad by Hajj Corporation

Ad by Hajj Corporation

"ދަ ޓްރެވެލާ" އިން އިންތިޒާމް ކޮށްގެން ކުރިޔަށް ގެންދާ މި ދަރުސްތައް ރާއްޖޭގެ ފަސް ސިޓީ ގައި ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން އެންމެ ފުރަތަމަ ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ ކުޅުއްދުފުށި ސިޓީ ގައި މި އެޕްރީލް މަހުގެ 28 ވަނަ ދުވަހުގެ ރޭގައެވެ. އަދި އޭގެ ފަހުން މާލެ ސިޓީގައި 29 އެޕްރީލް ވަނަ ދުވަހު ދަރުސް ދެއްވުމަށް ވަނީ ހަމެޖެހިފައެވެ. މީގެ އިތުރުން އައްޑު ސިޓީގައި މިމަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިރު، ފުވައްމުލައް ސީޓީ ގައި ދަރުސް ދެއްވާނީ މޭއި މަހުގެ 1 ވަނަ ދުވަހުގެ ރޭގައެވެ.

މި ސިލްސިލާ ދަރުސްތަކުގެ އެންމެ ފަހު މަންޒިލަކީ ތިނަދޫ ސިޓީ ކަމަށްވާ އިރު، އެ ސިޓީގައި ދަރުސް ދިނުމަށް ހަޖެހިފައިވަނީ މޭއި 2 ވަނަ ދުވެހުގެ ރޭގައެވެ.

މި ދަރުސްތައް އިންތިޒާމް ކުރާ ފަރާތުން މައުލޫމާތު ދީފައިވާ ގޮތުގައި ދަރުސްތަކަށްފަހު އާންމުންގެ ސުވާލުތަކަށް ފުރުސަތު ދޭން ވަނީ ނިންމާފައެވެ.

ޝައިޚް އާސިމް އަކީ ދުނިޔޭގެ އާ ޖީލުގެ މުސްލިމުންގެ މެދުގައި ވަރަށް ބޮޑު މަޤުބޫލުކަމެއް ހޯއްދަވާފައިވާ ބޭފުޅެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ފަސް ސިޓީ ގައި މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އާސިމްގެ ޚާއްސަ ދަރުސްތަކެއްޚަބަރު | 2 ގަޑިއިރު ކުރިން