logo
Bank of Maldives

Bank of Maldives

ޚަބަރު

މަސައްކަތްކުރަނީ ހުރިހާ އުޅަނދުތަކަށް މަހަށް ފުރޭނެ އަގެއްގައި ތެލުގެ ކަންކަން ހަމަ ޖެއްސުމަށް: ވަޒީރު ޝިޔާމް

ޒިދާން މުޙައްމަދު
29 އޭޕްރީލު 2026 - 13:24
މަސައްކަތްކުރަނީ ހުރިހާ އުޅަނދުތަކަށް މަހަށް ފުރޭނެ އަގެއްގައި ތެލުގެ ކަންކަން ހަމަ ޖެއްސުމަށް: ވަޒީރު ޝިޔާމް

މަސައްކަތްކުރަނީ ހުރިހާ އުޅަނދުތަކަށް މަހަށް ފުރޭނެ އަގެއްގައި ތެލުގެ ކަންކަން ހަމަ ޖެއްސުމަށް ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ މެދުއިރުމަތީގައި ހާލަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކުލަވާފައިވާ ވަޒީރުންގެ ޚާއްސަ ކޮމިޓީގެ ފަރާތުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ ތެލަށް ކުރާ ހޭދަ ބޮޑުވެއްޖެނަމަ އެކަމުގެ އުނދޫތައް ކުރިމަތިވަނީ ހަމައެކި މަސްވެރި އާއިލާތަކަށް ނޫން ކަމަށާއި އެކަމުގެ ސަބަބުން ހުރިހާ ރައްޔިތުންނަށް އެކަމުގެ ދަތިކަން ކުރިމަތިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހެންކަމުން ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނީ މަސްދޯނިތައް މަސް ކަނޑުތަކަށް ނުކުމެ މަސްވެރިކަން ކުރެވޭނެ މަގުތައް ފަހިކޮށްދިނުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން މަސްވެރިކަން ވަރަށް ރަނގަޅުވެފައިވާ ކަމަށާއި ސަރުކާރުން މަސައްކަތްކުރަނީ ލައިސަންސް އޮތް ހުރިހާ އުޅަނދުތަކަށް މަހަށް ފުރޭނެ އަގެއްގައި ތެލުގެ ކަންކަން ހަމަ ޖެއްސުމަށް ކަމަށެވެ.

ވަޒީރު ވިދާޅުވީ ޕްރޮސެސަރުންނާއި އެކްޕޯޓަރުންނަށް އުނދަގޫތަކެއް އެބަހުރިކަމަށާއި ނަމަވެސް ބޮޑު އަގުގައި ޕްލައިޓުން ޖާގަ ހޯދައިގެންވެސް މަސް އެކްސްޕޯޓްކުރާ ކުންފުނިތަކުން މަސް ބޭރުކުރަމުންދާ ކަމަށެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ހާއްސަ އަގެއްގައި ތެޔޮ ފޯރުކޮށްދެމުންދިޔައީ ހަތަރު ސަރަހައްދަކުންކަަމަށެވެ. އެހެންނަމަވެސް މިހާރު އިތުރު ނުވަ ސަރަހައްދަކުން ތެޔޮ ފޯރުކޮށްދޭން ފެށިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އިތުރު ތިން އަތޮޅަކުން ތެޔޮ ލިބޭނެ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސައްކަތްކުރަނީ ހުރިހާ އުޅަނދުތަކަށް މަހަށް ފުރޭނެ އަގެއްގައި ތެލުގެ ކަންކަން ހަމަ ޖެއްސުމަށް: ވަޒީރު ޝިޔާމްޚަބަރު | 2 ގަޑިއިރު ކުރިން