"ޖަންނަތު"ފިލްމަށް ހާއްސަ ގިވްއަވޭ އެއް!
1 މޭ 2026 - 11:59

މިއަހަރުގެ އޮގަސްޓު މަހު 3 ގައި އޮލިމްފަހުގައި އެޅުވުމަަށް ތައްޔާރުވަމުން އަންނަ ދިވެހި ފިލްމު "ޖަންނަތު” ފިލްމަށް ހާއްސަ ގިވް އަވޭ އެއް އިއުލާންކޮށްފިއެވެ
ޑާކް ރެއިން އެންޓަރޓެއިންމެންޓުން ތައްޔާރުކުރާ މި ފިލްމުގެ ޕްރޮމޯޝަނެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޕްރިމިއާ ނައިޓް ޓިކެޓާއި ޚާއްޞަ ޑިނާއެކެވެ. އެ ޕްރޮޑަކްޝަނުން ބުނީ މި ގިވްއަވޭގައި ބައިވެރިވުމަށް “ޖަންނަތު” ޓީމުގެ ޕޯސްޓް އިންސްޓަގްރާމް ސްޓޯރީގައި ޝޭއާކޮށް، ޑާކް ރެއިން އެންޓަޓެއިންމެންޓް ޓެގްކުރަންޖެހޭނެ ކަމަށެވެ.

Ad by Hajj Corporation
10 މެއި 2026 ގެ ނިޔަލަށް ކުރިއަށްދާ މި ގިވްއަވޭ އިން ހޮވޭ ފަރާތަކަށް ޕްރިމިއާ ނައިޓް ޓިކެޓުގެ އިތުރުން ޖަންނަތު ޓީމާ އެކު ޚާއްޞަ ޑިނާއެއް ލިބޭނެއެވެ. އަދި އެ ފަރާތުން ބޭނުން މީހަކު ގޮވައިގެން ދެވޭނެއެވެ.
“ޖަންނަތު”ގެ މައިގަނޑު ކާސްޓުގައި ހިމެނެނީ ޝަރަފް، ޝުހާ، އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ)، އާއިދާ، އަފްރާހް އަދި އަންޖީއެވެ. ފިލްމު ޑައިރެކްޓްކުރަނީ ހުނަރުވެރި ޑައިރެކްޓަރު ޢަލީ ޝިފާޢު (ޗިއްޕެ) އެވެ. މިއީ ޢާއިޝަތު ފުއާދު ތަޢުފީޤް އަދި އަޙްމަދު ޠަލާލް (ޠޮލް) ގެ ސްކްރީންޕްލޭއަކަށް އުފައްދާ ފިލްމެކެވެ.


