ލ. އިސްދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ 70 އިންސައްތަ މަސައްކަތް ނިމިއްޖެ
3 މޭ 2026 - 05:03

ލ. އަތޮޅު އިސްދޫގައި އަލަށް އިމާރާތްކުރަމުންދާ 500 މީހުންގެ ޖާގައިގެ މިސްކިތުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށާއި، މިހާރު މިސްކިތުގެ 70 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) ގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން އިސްދޫގައި އިމާރާތްކުރަނީ ޒަމާނީ ވަސީލަތްތަކާ އެކު، ފިރިހެނުންނާއި އަންހެނުންނަށްވެސް ނަމާދު ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މިސްކިތެކެވެ.

Ad by Hajj Corporation
މިސްކިތުގެ މަސައްކަތްތަކާ ބެހޭގޮތުން ލިބިފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، އިމާރާތުގެ އޮނިގަނޑުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައެވެ. އަދި މިހާރު ކުރިއަށްދަނީ މިސްކިތުގެ އެތެރެއާއި ބޭރުގެ ފިނިޝިން މަސައްކަތްތަކެވެ.
އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި ގޮތުގައި، މިސްކިތުގެ މަސައްކަތްތައް ވީހާވެސް އަވަހަކަށް ނިންމައި، އާންމުންނަށް ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކޮންޓްރެކްޓަރާއެކު ދަނީ ގާތުން މަސައްކަތް ކުރަމުންނެވެ. މި މިސްކިތް ނިމުމުން، އިސްދޫގެ ރައްޔިތުންނަށް ނަމާދު ކުރުމުގައި ދިމާވާ ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.


