logo
Bank of Maldives

Bank of Maldives

ޚަބަރު

ލަންކާ ދަތުރުފުޅުން ދެ ޤައުމުގެ ދެމެދުގައި އޮތް އަވަށްޓެރި ގާތް ގުޅުމަށް އައު ދިރުމެއް ގެނެސްދޭނެ: ރައީސް

ލަންކާ ދަތުރުފުޅުން ދެ ޤައުމުގެ ދެމެދުގައި އޮތް  ގާތް ގުޅުމަށް އައު ދިރުމެއް ގެނެސްދޭނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް އަވަށްޓެރި ގާތް ގުޅުމަށް އައު ދިރުމެއް ގެނެސްދެއްވުމުގެ ދަތުރުފުޅެއް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ. ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެއާއެކު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު ދެއްވި ނޫސްބަޔާނުގައި ރައީސް ވިދާޅުވީ، މިއީ ރާއްޖެއާއި ސްރީލަންކާއާ ދެމެދު މުސްތަޤުބަލަށް އަމާޒު ހިފާފައިވާ އައު ބަދަހި ގުޅުމެއްގެ ފެށުން ކަމަށެވެ.

ކޮލަމްބޯގައި ހުންނަވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނާއި ވަފުދަށް ވިދާޅުވި ހޫނު މަރުޙަބާއާއި އަދާކުރެއްވި މެހެމާންދާރީއަށްޓަކައި ލަންކާގެ ރައީސަށާއި ސަރުކާރަށް އަދި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. ރައީސް ޑިސަނާޔަކެއާއެކު ބޭއްވި މަޝްވަރާތަކަކީ ކާމިޔާބު ބައްދަލުވުންތަކެއްކަން ފާހަގަކުރައްވައި، ދެ ޤައުމުގެ ދެމެދުގައި ސޮއިކުރެވުނު އެއްބަސްވުންތައް ތަންފީޛުކުރުމަށް ސަރުކާރުން އިސްކަންދޭނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ އެއްބާރުލުން އިތުރުކުރުމަށާއި، ވިޔަފާރިއާއި އިންވެސްޓްމަންޓަށް ފަހި މާޙައުލެއް ޤާއިމުކުރުމަށް ވަނީ އެއްބަސްވެފައެވެ. މީގެ އިތުރުން، ކުރިއަށް އޮތް 'މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމް' މެދުވެރިކޮށް ދެ ޤައުމުގެ ވިޔަފާރިވެރިންނާއި އިންވެސްޓަރުންގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ދެ ޤައުމުގެ މުއައްސަސާތަކުގެ މެދުގައި ތަޢުލީމާއި، ފަންނީ ތަމްރީނާއި، ޒުވާނުން ބާރުވެރިކުރުވުމުގެ ދާއިރާއިން އޮތް ގުޅުން ވަރުގަދަކުރުމަށްވެސް މި ދަތުރުފުޅުގައި ވަނީ ނިންމާފައެވެ. އަދި މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރުމާއި، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދެ ޤައުމުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.

ބައިނަލްއަޤްވާމީ މައިދާނުގައި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ގުޅިގެން ވަކާލާތުކުރުމަށް ދެ ޤައުމުން އިސްކަންދޭނެކަން ހާމަކުރައްވަމުން، ރައީސް ވިދާޅުވީ މި ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުމުގެ އައު ބާބެއްގެ ފެށުން ކަމަށެވެ. އަދި އިންޑިއާ ކަނޑުގެ ސުލްޙަވެރިކަމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެއާއި ލަންކާގެ ގުޅުން ރަމްޒުކޮށްދިނުމަށް ލަންކާގައި ގަސް އިންދައިފިޚަބަރު | 2 ގަޑިއިރު ކުރިންސްރީލަންކާގެ ޤާނޫނު ހަދާ މަޖިލިހުގެ ރައީސް، ރައީސް ޑރ. މުއިއްޒުއާ ބައްދަލުކުރައްވައިފިޚަބަރު | 2 ގަޑިއިރު ކުރިންލަންކާ ދަތުރުފުޅުން ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމަށް އައު ދިރުމެއް ގެނެސްދޭނެ: ރައީސްޚަބަރު | 2 ގަޑިއިރު ކުރިންސްރީލަންކާގެ ބޮޑުވަޒީރު، ރައީސް ޑރ. މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިޚަބަރު | 2 ގަޑިއިރު ކުރިން